News Featured

ނުގެންގޮސް ގިނަދުވަސްވެފައިވާ މުދާތަކެއް ނީލަން ކިޔަނީ

Advertisement
ނުގެންގޮސް ގިނަދުވަސްވެފައިވާ މުދާތަކެއް ނީލަން ކިޔަނީ
ތަފްޞީލް

މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ މުދާތަކެއް ނީލަމުގައި ވިއްކާލުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އިޢުލާން ކޮށްފިއެވެ.

 

އެކުންފުނި ނީލަން ކިއުމަށް އިއުލާން ކޮށްފައިވާ މުދަލުގެ ތެރޭގައި އޮރޭޝަން ތިއޭޓަރުގެ ފާރުތަކުގައި ޖަހާ ގިނަ ޢަދަދެއްގެ ޕެނަލްތަކަކާއި ދަގަނޑް ފްރޭމްތައް ހިމެނެއެވެ. އަދި ގިނަ ޢަދަދެއްގެ ޕާޓިކަލް ބޯޑާއި 50 ކިލޯގެ 9600 ސިމެންތި ޕްލާސްޓަރ އާއި ކަރުދާސް ތައްޓާއި އެހެނިގެން ސާމާނު ހިމެނެވެ.

 

އެމްޕީއެލް އިން މައުލޫމާތު ދެއްވައިގޮތުގައި ނީލަން ކިޔަން ހަމަޖެހިފައިވާ މުދާ، ބޭނުންވާ ފަރާތްތަކަށް ދެއްކުން އޮންނާނީ އަންނަ އޮކްޓޯބަރުގެ މަހުގެ 6 ވަނަ ދުވަހު މުދާ ބެލުމައް އެދި އެކުންފުނީގެ އޮކްޝަން އޮކްޝަން ޕޯޓަލް މެދުވެރިކޮށް ނަންނޯޓް ކުރުމުންނެވެ. އަދި މުދާ ނީލަން ކިޔުން ކުރިއަށް ގެންދާނީ އެކުންފުނީގައި "މުދާ ނީލަންކިޔުމަށް ހަދާފައިވާއި ޤަވާއިދުގެ ދަށުން ކަމަށާއި މި ޤަވާއިދަކީ 17 އޮކްޓޫބަރ 2022 ގައި ގެޒެޓްގައި ކޮށްފައިވާ ޤަވާއިދެއް ކަމަށްވެސް އެކުންފުނިން މައުލޫމާރު ދެއެވެ. 


Share this article: Facebook Twitter WhatsApp
Related Articles