Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

މޫސުމީ ނުރައްކާއޮތް މިންވަރު ވަޒަންކޮށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި

މޫސުމީ ނުރައްކާއޮތް މިންވަރު ވަޒަންކޮށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި
ފޮޓޯ:ރައީސްއޮފީސް
ތަފްޞީލް

ކުދި ޖަޒީރާ ގައުމުތަކަށް މާލީ އެހީ ފޯރުކޮށްދިނުމުގައި ހަމައެކަނި އާމްދަނީއަށް ބެލުމުގެ ބަދަލުގައި، އެ ގައުމުތަކަށް މޫސުމީ ނުރައްކާ އޮތް މިންވަރު ވެސް ވަޒަންކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


ކޮޕް 31 ގެ ހަވާސާއިން ބޭރުގައި ބޭއްވި މަތީ ފަންތީގެ ވަށްމޭޒު ބައްދަލުވުމެއްގައި ތަގުރީރުކުރައްވަމުން ރައީސް ވިދާޅުވީ، ކުދި ޖަޒީރާ ގައުމުތަކަށް ތަރައްގީއާއި މޫސުމީ ވިލުންތެރިކަމަކީ ވަކިނުކުރެވޭނެ ދެ ކަންތައް ކަމަށެވެ. އަދި، ޖަޒީރާ ގައުމުތަކަށް ކުރިމަތިވަމުންދާ ނާޒުކު ހާލަތްތަކުން އަރައިގަތުމަށްޓަކައި މޫސުމީ މާލީ އެހީތެރިކަން ފަސޭހައިން، ލުއިގޮތެއްގައި ލިބޭނެ އިންތިޒާމެއް ހަމަޖެހުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.


ކުދި ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަކީ އެންމެން ދަންނަ ބޮޑު ހަގީގަތެއްކަން ފާހަގަކުރައްވައި ރައީސް ވަނީ، ދިވެހިރާއްޖެއިން ވެސް އެކަމާ ގުޅުންހުރި އެތައް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.


"ދިވެހިރާއްޖެއިން އެތައް އަހަރެއް ވަންދެން މާލީ އެހީތެރިކަން ހޯދޭނެ ފަދަ މަޝްރޫޢުތައް އެކުލަވައިލައި ތަރައްގީގެ ޕްލޭންތަކުގައި މޫސުމީ ވިލުންތެރިކަން ހިމެނުމަށާއި، ބައިނަލްއަގްވާމީ ފެންވަރުގައި ވަކާލާތުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، ދުނިޔޭގެ މާލީ ނިޒާމުގައި ހުރި އުނިކަންތަކުގެ ސަބަބުން ރައްޔިތުންނާއި ރަށްތައް ހިމާޔަތްކުރުމަށް ރާއްޖެ ފަދަ ގައުމުތަކަށް ބޮޑެތި ދަރަނިތައް ނަގަން މަޖުބޫރުވޭ." ރައީސް ވިދާޅުވިއެވެ.


މިފަދަ ގޮންޖެހުންތަކަކީ ނާޒުކު ހާލަތްތަކުގައިވާ ގައުމުތަކަށް އެކަނި ހައްލުކުރެވޭނެ ކަންކަން ނޫންކަން ފާހަގަކުރައްވައި ރައީސް ވަނީ، އަވަސް އަދި ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔޭގެ އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވައިފައެވެ.


މޫސުމީ ބަދަލުތަކަށް ހޭނުމަކީ ތަރައްގީގެ މުހިންމު އުންސުރަކަށް ހަދަންޖެހޭ ކަމަށާއި، އެއީ ހަމައެކަނި ކާރިސާއަކަށްފަހު ކުރާ ކަމަކަށް ވެގެންނުވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް މޫސުމީ ބަދަލުތަކަށް ހޭނުމަށް ދޭ މާލީ އެހީތެރިކަމަކީ ހިލޭ އެހީގެ ގޮތުގައި ލިބެންޖެހޭ އެއްޗެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.



މިސަމިޓަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުދިގައުމުތަކަށް ދިމާވާ ގޮންޖެހުތަކާ ބެހޭގޮތުން ބާއްވާ ސަމިޓެކެވެ.

Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all