News Breaking Featured

މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް Caa1 އަށް އެޕްގްރޭޑްކޮށްފި

Advertisement
މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް Caa1 އަށް އެޕްގްރޭޑްކޮށްފި
ތަފްޞީލް

ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިންގް އޭޖެންސީ، މޫޑީޒް (Moody's) އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގް Caa2 އިން Caa1 އަށް އެޕްގްރޭޑްކޮށް، ގައުމުގެ އިގްތިސާދީ އައުޓްލުކް "ސްޓޭބަލް" ގެ ގޮތުގައި ދަމަހައްޓައިފިއެވެ.

 

ރޮއިޓާސް އާއި ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މޫޑީޒްއިން ރާއްޖޭގެ ރޭޓިންގް މަތިކުރުމަށް ނިންމި މައިގަނޑު ސަބަބަކީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ކުރިއަރައި، މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އަޅަމުންދާ އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދަށް އަންނަމުންދާ ހެޔޮ ބަދަލުތަކެވެ.

 

މީގެ ކުރިން ރާއްޖޭގެ ރޭޓިންގް Caa2 އަށް ދަށްކުރެވުނު ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުވުމާއި، ބޭރުގެ ދަރަނިތައް ދެއްކުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި އެކުވެރި ގައުމުތަކާއެކު ވެވުނު އެއްބަސްވުންތަކުގެ ސަބަބުން ގައުމުގެ މާލީ ރައްކާތެރިކަން ވަނީ އިތުރުވެފައެވެ.

 

މި އެޕްގްރޭޑާއެކު، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި އިންވެސްޓަރުންގެ މެދުގައި ރާއްޖޭގެ އިގްތިސާދަށް އޮތް އިތުބާރު އިތުރުވެ، ކުރިއަށް އޮތް ތަނުގައި ބޭރުގެ މާލީ ބާޒާރުތަކުން އެހީތެރިކަން ހޯދުމަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށް މާލީ މާހިރުން ފާހަގަކުރައްވައެވެ.

 

މީގެ ކުރިން މޫޑީޒްއިން ރޭޓިންގް Caa2 ގައި ބެހެއްޓުމަށްފަހު އައުޓްލުކް ސްޓޭބަލްއަށް ބަދަލުކުރި ނަމަވެސް، ރާއްޖޭގެ މާލީ ހާލަތާއި ބޭރު ފައިސާގެ ރިޒާވް ރަނގަޅުވަމުން އައުމާ ގުޅިގެން މޫޑީޒްއިން މިހާރު ވަނީ ރޭޓިންގް Caa1 އަށް މަތިކޮށް (އެޕްގްރޭޑްކޮށް)، އައުޓްލުކް "ސްޓޭބަލް" ގައި ހިފަހައްޓާފައެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް