މިސަރުކާރު ފެށުމާއެކު އަމީނީ މަގުގެ ބައެއްގައި އެޅިތާރު ނަގާ އަލުން މިއަދު ތާރު އަޅަން ފަށައިފި
އަމީނީ މަގުގައި މި ސަރުކާރު އައިފަހުން އެޅިތާރު ގަނޑު ހަލާކުވެ ދުއްވާ އެއްޗިސަށް އުނދަގޫ ތަކާއި ކުރިމަތިވަމުން ދާތީ އެތާ ނަގައި އަލުން މިއަދު ތާރު އަޅަން ފަށައިފިއެވެ.
އަމީނީ މަގުގައި ހަލާކުވެފައިވާ ބައި ޣިޔާސުއްދީން ސްކޫލުން ފެށިގެން ހުޅަނގުން ބޮޑުތަކުރުފާނު މަގާހަމައަށް ތާރުއެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ އާއި ހަވާލު ކޮށްފައިވަނީ 2026 ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.
އެމްޓީސީސީން މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައ މިހާރު ކުރިއަށްދާ ސެގްމެންޓް 1 (އިއްޒުއްދީނު މަގުން ފެށިގެން ހުޅަނގުން ބޮޑުތަކުރުފާނު މަގާހަމައަށް) ގެ މަސައްކަތް ނިންމައި ޢާންމު ދަތުރުފަތުރަށް ވަރަށް އަވަހަށް ހުޅުވާލާނެއެވެ. އެއަށްފަހު، ސެގްމެންޓް 2 ގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލާ ހަމައަށް އޮންނަ ސަރަޙައްދުގެ މަސައްކަތް ފަށާނެއެވެ. މި މަޝްރޫޢުގެ ހުރިހާ މަސައްކަތެއް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ.
