Sports Featured

މެސީގެ އަލްވަދާއީ މެޗަށްފަހު އާޖެންޓީނާއިން ކަންތައް ކުރި ގޮތުން ބެނިންގެ ކޯޗު ހިތްހަމަނުޖެހުން ފާޅުކޮށްފި

Advertisement
މެސީގެ އަލްވަދާއީ މެޗަށްފަހު އާޖެންޓީނާއިން ކަންތައް ކުރި ގޮތުން ބެނިންގެ ކޯޗު ހިތްހަމަނުޖެހުން ފާޅުކޮށްފި
Photo: Fox Sprots
ތަފްޞީލް

އާޖެންޓީނާގެ ގައުމީ ޓީމަށް ލިއޮނެލް މެސީ ކުޅެދިން އެންމެ ފަހު މެޗުގައި، ބެނިން (ވެސްޓް އެފްރިކާގެ ޤައުމެއް) ގެ ކުޅުންތެރިން މެސީއާއެކު ސެލްފީއެއް ނެގުމަށާއި ޖާޒީ ބަދަލުކުރުމަށް ކުރި މަސައްކަތަށް އާޖެންޓީނާއިން އެއްވެސް ފުރުސަތެއް ނުދިނުމުން، ބެނިންގެ ކޯޗު ގާނޯޓް ރޯ ބޮޑު ނުރުހުމެއް ފާޅުކޮށްފިއެވެ.

 

އާޖެންޓީނާގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު 3-0 އިން ކާމިޔާބުކުރީ އާޖެންޓީނާއެވެ. މެޗުގައި މެސީ ވަނީ ޕެނަލްޓީއަކުން ގޯލެއްވެސް ޖަހާފައެވެ.

 

މެޗަށްފަހު ފްރާންސްގެ "އާރްއެމްސީ ސްޕޯޓްސް" އަށް ދެއްވި އިންޓަވިއުއެއްގައި ބެނިންގެ ކޯޗު ގާނޯޓް ރޯ ބުނީ، އޭނާގެ ކުޅުންތެރިން މެސީއާއެކު ފޮޓޯއެއް ނެގުމަށާއި، ކުޅުންތެރިންގެ މެދުގައި ޖާޒީ ބަދަލުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރި ކަމަށެވެ. ނަމަވެސް އާޖެންޓީނާގެ ސެކިއުރިޓީންނާއި ކުޅުންތެރިން ބެނިންގެ ޓީމު ކުޅުންތެރިންގެ ޗޭންޖިންގ ރޫމް ސަރަހައްދަށް ވަނުމަށްވެސް ހުރަސްއެޅި ކަމަށް އޭނާ ބުންޏެވެ.

"އަހަރެމެންގެ ކުޅުންތެރިން އެންމެ ކަމެއް ހާސިލުކުރެވޭތޯ ވަރަށް މަސައްކަތްކުރި. ނަމަވެސް އާޖެންޓީނާއިން އަހަރެމެންނަށް އެއްވެސް ފުރުސަތެއް ނުދިން—މެސީއާއެކު ފޮޓޯއެއްވެސް، އަދި ޖާޒީއެއްވެސް ނުލިބުނު. ސެކިއުރިޓީން އެންމެން ހުއްޓުވީ،" ބެނިންގެ ކޯޗު ރޯ ބުނެފައިވެއެވެ.

 

ބެނިންގެ ކޯޗު އިތުރަށް ބުނެފައިވަނީ، އޭނާގެ ކުޅުންތެރިން މެސީއަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ބެނިންގެ ގައުމީ ކުލަތައް ރަމްޒުކޮށްދޭ މާތަކެއްވެސް ވެދުމަށް އެރުވި ކަމަށެވެ. އަދި އޭނާގެ އަމިއްލަ އަތުގައި އޮތް މެސީގެ ދުވަސްވީ ޖާޒީއެއްގައި އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ މެދުވެރިކޮށް މެސީގެ ސޮއި ހޯދުން ފިޔަވައި އެހެން އެއްވެސް އުފާވެރި ހަނދާނެއް ބެނިންގެ ކުޅުންތެރިންނަށް އެ މެޗުން ނުލިބުނު ކަމަށް އޭނާ ފާހަގަކުރިއެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް