News Featured

މެލޭސިޔާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި އަންހެނަކު ނިޔާވެއްޖެ.

Advertisement
މެލޭސިޔާގައި  ހިނގި އެކްސިޑެންޓެއްގައި ދިވެހި އަންހެނަކު ނިޔާވެއްޖެ.
ތަފްޞީލް

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު މަރުވެފައިވާކަން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ،  ކަށަވަރުކޮށްދެއްވައިފައެވެ. އެ އެކްސިޑެންޓުގައި އިތުރު ދިވެއްސަކު ވެސް ޝާމިލުވާކަން އެނގިފައިވީ ނަމަވެސް، އިތުރު މައުލޫމާތު ކަށަވަރު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާގައި މަރުވެފައި ވަނީ، އައްޑޫ ސިޓީގެ ހިތަދޫއަށް ނިސްބަތްވާ 21 އަހަރުގެ އަންހެނެކެވެ. މި އެކްސިޑެންޓް ހިނގީ، މޯލްއަކަށް ދިއުމަށް ފަހު އެނބުރި ގެއަށް އައުމުގެ މަގުމަތީގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.


އެކްސިޑެްޓްވި ވެހިކަލްތައް











މި ހާދިސާގައި މަރުވި ދަރިވަރާއި، އަނިޔާވި މީހާއާ ބެހޭ އިތުރު މައުލޫމާތެއް މިހާތަނަށް އަދި ކަށަވަރުވެފައެއް ނުވެއެވެ.


މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭ އަދި ތައުލީމު ހާސިލުކުރުމަށާއި ޗުއްޓީ ހޭދަކުރުމަށް ދިވެހިން ގޮސް އުޅޭ ގައުމެކެވެ.


Share this article: Facebook Twitter WhatsApp
Related Articles