Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

މާލޭސިޓީ ކައުންސިލްގެ 14 ބިމެއް ސަރުކާރަށް ނަގާފައިވާތީ ކޯޓަށް ހުށަހެޅި މައްސަލާގައި ވަގުތީ އަމުރެއް ނެރެނުދިން

މާލޭސިޓީ ކައުންސިލްގެ 14 ބިމެއް ސަރުކާރަށް ނަގާފައިވާތީ  ކޯޓަށް ހުށަހެޅި މައްސަލާގައި ވަގުތީ އަމުރެއް ނެރެނުދިން
މާލޭ ސިޓީކައުންސިލުން ބަލަހައްޓާ ސަލްޓަންޕާކް
ތަފްޞީލް

ސަލްޓަން ޕާކާއި އާޓިފިޝަލް ބީޗު ހިމެނޭހެން މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ދަށުގައި ހުރި މުހިންމު 14 ބިމެއް ސަރުކާރަށް ނެގުމަށް ނިންމި ނިންމުން ތަންފީޒުކުރުން މަޑުޖައްސައިލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.


މި މައްސަލައަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ނެރުނު އިޢުލާނަކާ ގުޅިގެން، މާލޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ އެންމެ މުހިންމު 14 ސަރަޙައްދެއް ދައުލަތުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ކަމަށް ބުނެ ސަރުކާރަށް ނެގުމުން، އެކަމާ ދެކޮޅަށް މާލެ ސިޓީ ކައުންސިލުން ހުށަހެޅި މައްސަލައެކެވެ.


މައި ދަޢުވާގައި ކޯޓުން ގޮތެއް ނިންމަންދެން، ސަރުކާރުގެ ނިންމުމަށް ޢަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް ކައުންސިލުން އެދުނެވެ. މި މައްސަލަގައި ސިވިލް ކޯޓުން މިއަދު ނެރުނު ނިންމުމުގައި ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243 ވަނަ މާއްދާގެ ދަށުން ވަގުތީ އަމުރެއް ނެރެދިނުމުގައި ފުރިހަމަވާންޖެހޭ ޤާނޫނީ ރުކުންތައް މި ހާލަތުގައި ފުރިހަމަވެފައި ނުވާ ކަމަށެވެ.


ލާމަރުކަޒީ ޤާނޫނުގެ 56-2 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ ނިންމުމަކާއެކު ދައުލަތުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ކައުންސިލްގެ އިޚްތިޞާޞުން ބިން ވަކިކުރުމުގެ ބާރު ޤާނޫނުން ސަރުކާރަށް ލިބިދީފައިވާއިރު، އިޖުރާއާތުތައް ފުރިހަމަވެފައިވޭތޯ ބެލުމަކީ މައުޟޫޢީ ދަޢުވާގެ ތެރެއިން ގޮތެއް ކަނޑައަޅަންޖެހޭ ކަމެއް ކަމަށް ކޯޓުން ފާހަގަކުރިއެވެ.


އަދި އިއާދަނުކުރެވޭނެ ގެއްލުމެއް ލިބިދާނެކަމަށް ބަލައި ވަގުތީ އަމުރެއް ނުނެރެދީފިނަމަ، މާލީ ގޮތުން ނުވަތަ އެހެން ގޮތަކުން ވިޔަސް އަނބުރާ އިޢާދަނުކުރެވޭނެ ފަދަ ދާއިމީ ގެއްލުމެއް ކައުންސިލަށް ލިބިދާނެކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް ކޯޓުން ކަނޑައެޅިއެވެ.


ގެ އިތުރުން، މަސްލަހަތު ބުރަވާ ކޮޅު، ސަރުކާރުން ބަޔާންކޮށްފައިވާ ޢާންމު މަޞްލަޙަތާއި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ހުރަސްއެޅިގެން ދިއުމާއި، ކައުންސިލުން ފާހަގަކުރާ ކަންކަމަށް ރިޢާޔަތްކުރާއިރު، މަޞްލަޙަތު ބުރަވަނީ ވަގުތީ އަމުރު ނުނެރުމުގެ ކޮޅަށް ކަމަށް ބަޔާންކޮށްފައިވެއެވެ.


އެހެންކަމުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޝަރުޠުތައް ފުރިހަމަނުވާތީ، މާލެ ސިޓީ ކައުންސިލުން އެދިފައިވާ ފަދަ ވަގުތީ އަމުރެއް މިވަގުތު ނެރެދެވެން ނެތް ކަމަށް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. 



ނަމަވެސް، މި މައްސަލައިގެ މައި ދަޢުވާ (މައުޟޫޢީ މައްސަލަ) ކުރިއަށްދާނެ ކަމަށް ކޯޓްގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ. މި ނިންމުން ނިންމެވީ ފަނޑިޔާރު ހާފިޒާ އަބްދުއްސައްތާރުއެވެ.


Share this article: Facebook Twitter WhatsApp
Ad #9We build digital futuresWebsites · Mobile apps · E-commerce · Digital marketing
  • Websites that convert
  • iOS & Android apps
  • E-commerce stores
  • SEO & digital marketing
☎ 777 3818Talk to us →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all