ޅެންވެރިންނާއި ލިޔުންތެރިންގެ ދަފްތަރު އެކުލަވައިލުމަށް ބަހުގެ އެކެޑަމީން މައުލޫމާތު އެއްކުރަނީ
ދިވެހި ޅެންވެރިންނާއި ލިޔުންތެރިންގެ ދަފުތަރު އަދާހަމަކުރުމުގެ މަސައްކަތް ދިވެހިބަހުގެ އެކެޑަމީން ކުރަމުން ދާތީ، ދިވެހި ޅެންވެރިންނާއި ލިޔުންތެރިންނާ ބެހޭ މައުލޫމާތު ދިވެހިބަހުގެ އެކެޑަމީއަށް ފޮނުވުމަށް އެ އެކަޑަމީން އެދެފިއެވެ.
ދިވެހިބަހުގެ އެކަޑަމީން ހާމަކޮށްފައިވާ ގޮތުގައި ޅެންވެރި އާއި ލިޔުންތެރިޔާގެ މައުލޫމާތު ފޮނުވާ އިރު، އެ ފަރާތެއްގެ ކުރު ތައާރަފެއް، ނުވަތަ ވަނަވަރަކާ އެކު، އެ ފަރާތެއްގެ ވީހައި ގިނަ އުފެއްދުންތައް ހިމެނޭ ލިސްޓެއް ހިމެނުމަށް ވަނީ އެދިފައެވެ.
އެގޮތުން ޝާއިޢުކުރި ތަނާއި ތާރީޚު ނުވަތަ ދުވަސްވަރު އިނގޭނެ ގޮތަކާއި ޅެން ނުވަތަ ލިޔުމުގެ ވައްތަރާއި ޝާއިޢުކުރި (ސުމޭކު މަންސައެއްގައި ނަމަ ލިންކު) ގޮތާއި އެ ފަރާތެއްގެ މަސައްކަތް ބަލައިގެންފައި ވާ ގޮތް އެނގޭ ހެއްކެ ގޮތުން ލިޔުން ނުވަތަ އިނާމްގެ ތަފްޞީލް ހިމެނުމަށް ވަނީ އެދިފައެވެ.
