News Featured

ކުށުގެ ފައިދާއާއި މުދާ އޮޓޯމެޓިކުން ދައުލަތަށް ނެގޭނެ "އެސެޓް ރިކަވަރީ" ބިލު މަޖިލީހަށް ހުށަހަޅައިފި

Advertisement
ކުށުގެ ފައިދާއާއި މުދާ އޮޓޯމެޓިކުން ދައުލަތަށް ނެގޭނެ "އެސެޓް ރިކަވަރީ" ބިލު މަޖިލީހަށް ހުށަހަޅައިފި
ތަފްޞީލް

ބޮޑެތި ކުށްތައް ކޮށްގެން ހޯދާ މުދަލާއި، ނާޖާއިޒު ފައިދާތައް ދައުލަތަށް ނެގުމުގެ އިޖުރާއަތްތައް އަވަސްކޮށް، އޮޓޯމެޓިކުން އެފަދަ މުދާ ނެގޭނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި "ކުށުގެ މުދާ ދައުލަތަށް ނެގުމުގެ ބިލު" ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

 

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. މި ބިލުގެ މައިގަނޑު ބޭނުމަކީ ކުށްކޮށްގެން މުއްސަނދިވުން ހުއްޓުވުމާއި، ކުށްވެރިން އެމީހުން ކުރާ ޣައިރުގާނޫނީ އަމަލުތަކުން މާލީ ފައިދާ ހޯދުމަށް ހުރި ގާނޫނީ ލޯވަޅުތައް ބަންދުކުރުމެވެ.

 

މި ބިލުގައިވާ ގޮތުން، ކޯޓުން ވަކި އަމުރެއް ނެރުމަކާ ނުލައި އޮޓޯމެޓިކުން މުދާ ދައުލަތަށް ނެގޭނެ ކުށުގެ 15 ދާއިރާއެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި؛ ޓެރަރިޒަމާއި، މަނީ ންޑަރިންގ، ކޮރަޕްޝަން، ހިޔުމަން ޓްރެފިކިންގ، މަސްތުވާތަކެތީގެ ބޮޑެތި ކުށްތައް، 500,000 ރުފިޔާއަށްވުރެ މަތީގެ ޓެކްސް ކުށްތައް، އަދި 100,000 ރުފިޔާއަށްވުރެ މަތީގެ ވައްކަމާއި ހިޔާނާތުގެ މައްސަލަތައް ހިމެނެއެވެ.

 

މީގެ އިތުރުން، މި ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި "ރިކަވަރޑް އެސެޓް ފަންޑު" ގެ ނަމުގައި ހާއްސަ ފަންޑެއް ގާއިމުކުރަންޖެހެއެވެ. އެ ފަންޑުގެ މައިގަނޑު ބޭނުމަކީ ކުށުގެ މުދާ ދައުލަތަށް ނަގައިގެން ލިބޭ ފައިސާއިން ކުށުގެ ޝިކާރައަކަށްވާ މީހުންނަށް ބަދަލުދިނުމާއި، ކުށްކުރުން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކަށް ހަރަދުކުރުމެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް