Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަބްދުﷲ ޝާހިދުގެ ބަންދު އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުން ނިންމާލައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ  އަބްދުﷲ ޝާހިދުގެ ބަންދު އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުން ނިންމާލައިފި
Photo: Maldives Police Service
ތަފްޞީލް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރު އިސްތިއުނާފުކުރި މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުން ނިންމާލައިފިއެވެ.


މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ބާއްވާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނުއެވެ. އަދި މި ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.


ހައިކޯޓުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލާފައެވެ. އަދި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ، ދެން އޮންނާނީ މި މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމައި ހުކުމް އިއްވުން ކަމަށް އެ ކޯޓުން ބުނެފައިވެއެވެ.


އުމުރުން 64 އަހަރުގެ ޝާހިދަކީ އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް މީގެ ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު ވެސް އަރުވާފައިވާ ބޭފުޅެކެވެ.


މި މަހުގެ ކުރީކޮޅު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ޝާހިދު ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.


ޝާހިދު ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އޭނާގެ އަގު ވައްޓާލުމަށްޓަކައި ސިޔާސީ މަގުސަދެއްގައި ފަތުރަމުންދާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޝާހިދު ހައްޔަރުކޮށްފައިވަނީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕޭން ކުރައްވަމުން ގެންދަވަނިކޮށެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all