Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ކޯޓު އަމުރަށް ބޯނުލެނބުމުން ބޭންކް އޮފް އެމެރިކާގެ ބްރާންޗެއްގެ މުދާތައް ހިފަހައްޓަން ފުލުހުންނާއި ލޮރީއެއް ފޮނުވައިފި

ކޯޓު އަމުރަށް ބޯނުލެނބުމުން ބޭންކް އޮފް އެމެރިކާގެ ބްރާންޗެއްގެ މުދާތައް ހިފަހައްޓަން ފުލުހުންނާއި ލޮރީއެއް ފޮނުވައިފި
ތަފްޞީލް

އެމެރިކާގެ ފްލޮރިޑާގެ ނޭޕްލްސްގައި ދިރިއުޅޭ ދެމަފިރިއަކަށް ކޯޓު މެދުވެރިކޮށް ލިބެންޖެހޭ ފައިސާއެއް ނުދައްކައިގެން، ބޭންކް އޮފް އެމެރިކާގެ ގޮތްޕެއްގައި ހުރި މުދާތައް ނެރުމަށް ދެ ފުލުހުންނާއި މުދާ އުފުލާ ލޮރީއެއް އެ ބޭންކަށް ފޮނުވައިފިއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ވޮރެން އަދި މައުރީން ނިއަރޖެސް ނަމަކަށް ކިޔާ ދެމަފިރިން، ނޭޕްލްސް އިން ގެއެއް ގަތުމާ ގުޅިގެންނެވެ. އެމީހުން އެ ގެ ގަތީ ހުރިހާ ކަމެއް ވަރަށް ފަރުވާތެރިކަމާއެކު ބަލައި، 165,000 ޑޮލަރު އެއްފަހަރާ ނަގުދު ފައިސާއިން ދައްކައިގެންނެވެ. އެހެންކަމުން، އެއްވެސް މޯގޭޖެއް، ލޯނެއް ނުވަތަ މަހުން މަހަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އެމީހުންގެ މައްޗަކު ނެތެވެ.

ނަމަވެސް، ގެ ގަތްތާ ގާތްގަނޑަކަށް ހަތަރު މަސް ފަހުން، ބޭންކަށް ފައިސާ ނުދައްކައިގެން ގެ އަތުލުމަށް ފޮނުވި ނޯޓިސްއަކާއެކު މީހަކު އެމީހުންގެ ގޭގެ ދޮރުގައި ޓަކިޖެހިއެވެ. އަޖައިބުވާންޖެހޭ ކަމަކީ އެމީހުންގެ ގެ އަތުލަން މަސައްކަތް ކުރީ ހަމަ އެމީހުންނަށް އެ ގެ ވިއްކި ބޭންކް އޮފް އެމެރިކާއިން ކަމަށް ވުމެވެ. ވޮރެން މިކަމާ ގުޅިގެން ބޭންކަށް ގުޅި ކޮންމެ ފަހަރަކުވެސް، ބޭންކުގެ މުވައްޒަފުން ދިޔައީ ނުދައްކާ ހުރި ފައިސާ ދެއްކުމަށް އެދެމުންނެވެ. ނަމަވެސް، އެ ބޭންކުން ދުވަހަކުވެސް ލޯނެއް ނަގާފައި ނުވާތީ، އެމީހުން ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި 25 ވަކީލުންނަށް ގުޅުމަށްފަހު، އެންމެ ފަހުން އެ ދެމަފިރިންގެ މައްސަލަ ބަލައިގަންނާނެ ވަކީލަކު ލިބުނެވެ. މި މައްސަލައިގެ ޝަރީއަތް ނިމިގެން ދިޔައީ އެ ދެމަފިރިން ކޮޅަށެވެ. އެގޮތުން، ގެ އަތުލުމުގެ މައްސަލަ ބޭންކުން އަނބުރާ ގެންދަން ޖެހުނުއިރު، ވަކީލުންގެ ފީގެ ގޮތުގައި ހިނގި ގާތްގަނޑަކަށް 2,500 ޑޮލަރު އެ ދެމަފިރިންނަށް ދެއްކުމަށް ފަނޑިޔާރު ބޭންކް އޮފް އެމެރިކާގެ މައްޗަށް އަމުރުކުރިއެވެ.

ފަނޑިޔާރުގެ މި އަމުރާ އެކުވެސް، މަސްތަކެއް ފާއިތުވެގެން ދިޔައިރު ބޭންކުން އެ ފައިސާ ދައްކާފައެއް ނުވެއެވެ. އަދި އެ ދެމަފިރިންގެ ވަކީލު ޓޮޑް އެލަން އެ ފައިސާ ހޯދުމަށް ކުރި މަސައްކަތުންވެސް އެއްވެސް ނަތީޖާއެއް ނުފެނުނެވެ.

އެހެންކަމުން، ކޯޓު އަމުރު ތަންފީޒު ކުރުމުގެ ގޮތުން، ބޭންކުގެ މުދާ ހިފެހެއްޓުމުގެ އަމުރަކަށް ވަކީލު ފަނޑިޔާރުގެ އަރިހުން އެދުނެވެ. ކޯޓުން އެ ހުއްދަ ދިނުމާ ގުޅިގެން، ވަކީލު ވަނީ ދެ ފުލުހުންނާއި މުދާ އުފުލާ ލޮރީއެއް ގޮވައިގެން ބޭންކް އޮފް އެމެރިކާގެ ގޮތްޕަކަށް ގޮސްފައެވެ. އަދި އެމީހުން އެތަނަށް ދިޔައީ ލިބެންޖެހޭ ފައިސާގެ ބަދަލުގައި، ބޭންކުގައި ހުރި މޭޒުތަކާއި، ގޮނޑިތަކާއި، ކޮމްޕިއުޓަރުތަކުގެ އިތުރުން ފޮޓޯކޮޕީ މެޝިންތައް ފަދަ ތަކެތި ހިފަހައްޓައިގެން ގެންދިއުމަށެވެ. މިއީ ބޮޑު ބޭންކަކާ ދެކޮޅަށް އާންމު ރައްޔިތަކު ހޯދި ތާރީޚީ އަދި މަދުން ނޫނީ ނުފެންނަ ފަދަ ކާމިޔާބީއެކެވެ.

Topics:
Share this article: Facebook Twitter WhatsApp
Ad #92027 Registration Open!Robotics · Python · AI · Design & 3D · Digital marketing
  • Robotics for kids & teens
  • Python programming
  • Artificial intelligence
  • Design, 3D & multimedia
☎ 777 4147Register now →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all