Ad #82027 Registration Open!Robotics · Python · AI · Design & 3D · Digital marketing
  • Robotics for kids & teens
  • Python programming
  • Artificial intelligence
  • Design, 3D & multimedia
☎ 777 4147Register now →
News Featured

ޖޫޑްއާއެކު އިންގްލޭންޑް ޓީމުން ފުރުޞަތު ލިބުމަކީ ބަޔާންކުރަންދަތި އިހުސާސެއް: ޖޯބް ބެލިންހޭމް

ޖޫޑްއާއެކު އިންގްލޭންޑް ޓީމުން ފުރުޞަތު ލިބުމަކީ ބަޔާންކުރަންދަތި އިހުސާސެއް: ޖޯބް ބެލިންހޭމް
Photo: BBC
ތަފްޞީލް

އިންގްލޭންޑްގެ ސީނިއާ ފުޓްބޯޅަ ޓީމަށް އަލަށް ނެގި ބޮރޫޝިއާ ޑޯޓްމަންޑްގެ ޒުވާން މިޑްފީލްޑަރު ޖޯބް ބެލިންހޭމް، އޭނާގެ ބޭބެ އަދި ރެއާލް މެޑްރިޑްގެ ތަރި ޖޫޑް ބެލިންހޭމްއާއެކު އެއް ޓީމަކުން ކުޅެން ފުރުޞަތު ލިބުމަކީ ބަޔާންކުރަންވެސް ދަތި ބޮޑު އުފަލެއް ކަމަށް ބުނެފިއެވެ.


ޔޫއީއެފްއޭ ނޭޝަންސް ލީގުގައި ކްރޮއޭޝިއާއާއި އިންގްލޭންޑް ބައްދަލުކުރާ މެޗަށް އިނގިރޭސި ކޯޗު ތޯމަސް ޓުޗެލް އެކުލަވާލި ޓީމުން 21 އަހަރުން ދަށުގެ ޓީމުގައި ކުރިން ކުޅުނު 21 އަހަރުގެ ޖޯބްއަށް ވަނީ ފުރަތަމަ ފަހަރަށް ސީނިއާ ޓީމުން ޖާގަ ދީފައެވެ.

އިނގިރޭސި މީޑިއާތަކަށް މައުލޫމާތު ދެމުން ޖޯބް ބުނީ، ޓްރެއިނިން ނިންމާފައި ކާރުގައި ގެއަށް ދަނިކޮށް ކޯޗު ތޯމަސް ޓުޗެލްގެ މެސެޖެއް ލިބުމުން ލިބުނީ ބޮޑު ހައިރާންކަމަކާއި އުފާވެރިކަމެއް ކަމަށެވެ. އަދި އިންގްލޭންޑްގެ ސީނިއާ ސްކޮޑުން ޖާގަ ލިބުމަކީ ކޮންމެ ކުޅުންތެރިއަކުވެސް ދެކޭ ހުވަފެނަކަށްވާއިރު، އޭނާގެ ބޭބެ ޖޫޑްއާއެކު އެއް ސްކޮޑެއްގައި ހިމެނުމަކީ މުޅި އާއިލާއަށްވެސް ލިބުނު ވަރަށް ހާއްސަ އުފަލެއް ކަމަށް އޭނާ ފާހަގަކުރިއެވެ.


ކޯޗު ތޯމަސް ޓުޗެލް ހާމަކުރި ގޮތުގައި ޖޯބް ސީނިއާ ޓީމަށް ނެގުމަށް ޖޫޑް ބެލިންހޭމްވެސް ވަނީ އެދިފައެވެ. އަދި ދެ ބޭން އިންގްލޭންޑްގެ ގައުމީ ކިޓުގައި އެކުގައި ފެނިގެންދިއުމަކީ ފުޓްބޯޅައިގެ ވަރަށް ރީތި ވާހަކައެއްގެ ގޮތުގައި ކޯޗު ވަނީ ސިފަކޮށްފައެވެ.

ބާމިންގްހަމް ސިޓީގެ އެކެޑަމީން ތަމްރީނުވި ދެ ބެއިންގެ ތެރެއިން ޖޫޑް ބެލިންހޭމް ވަނީ ޑޯޓްމަންޑަށް ކުޅުމަށްފަހު ރެއާލް މެޑްރިޑަށް ބަދަލުވެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ. ޖޯބް ބެލިންހޭމް ސަންޑަލޭންޑުގައި ދެއްކި މޮޅު ކުޅުމަށްފަހު މިހާރު ކުޅެމުންދަނީ ބޭބެ ކުރިން ކުޅުނު ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށެވެ.


ޖޯބް ބެލިންހޭމް 2025 ވަނަ އަހަރު ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވެ، އެ ޓީމުގެ މިޑްފީލްޑްގައި މުހިންމު ދައުރެއް ވަނީ އަދާކުރަން ފަށާފައެވެ. 2025/26 ވަނަ އަހަރުގެ ސީޒަންގައި އޭނާ ވަނީ ހުރިހާ މުބާރާތެއްގައި ޖުމްލަ 46 މެޗު (ބުންޑެސްލީގާގައި 32 މެޗު) ކުޅެ، 3 އެސިސްޓް ކާމިޔާބުކޮށްފައެވެ (ލަނޑެއް ޖެހިފައި ނުވެއެވެ). އޭނާގެ މައިގަނޑު ދައުރަކީ ސެންޓްރަލް މިޑްފީލްޑްގައި ބޯޅަ ހިފަހައްޓައި، ޓެކްޓިކަލް ގޮތުން ކުޅުން ރޭވުމެވެ. އަދި ހިނގަމުންދާ 2026/27 ސީޒަންގައި މިހާތަނަށް 13 މެޗު ކުޅެ، އިތުރު 3 އެސިސްޓް ވަނީ ހަދާފައެވެ.


ޖޫޑް ބެލިންހޭމް ރެއާލް މެޑްރިޑްގައި ދައްކަމުންދަނީ ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުމެކެވެ. 2025/26 ސީޒަންގައި އޭނާ ކުޅުނު 40 މެޗުން 8 ލަނޑު ޖަހައި 5 އެސިސްޓް ވަނީ ހަދާފައެވެ. އަދި 2026/27 ސީޒަންގައި މިހާތަނަށް ލާލީގާއާއި ޗެމްޕިއަންސް ލީގުގެ އިތުރުން އިނގިރޭސި ގައުމީ ޓީމަށް ކުޅުނު މެޗުތަކުން 2 ލަނޑު ޖަހައި 4 އެސިސްޓް ވަނީ ކާމިޔާބުކޮށްފައެވެ.



Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all