Ad #8Find anything. Sell everything.Maldives' free marketplace: cars, phones, property, jobs
  • Post your ad free
  • Cars, phones & property
  • Jobs & services
  • Every island, every atoll
☎ 757 5609Post your ad free →
News Featured

އިންޓަރޕޯލްގެ "އިންސްޓްރަކްޓަރ ޑިވެލޮޕްމަންޓް ކޯސް" އައްޑޫ ކެމްޕަހުގައި ފަށައިފި

އިންޓަރޕޯލްގެ "އިންސްޓްރަކްޓަރ ޑިވެލޮޕްމަންޓް ކޯސް" އައްޑޫ ކެމްޕަހުގައި ފަށައިފި
ތަފްޞީލް

އިންޓަރޕޯލްގެ ކެޕޭސިޓީ ބިލްޑިންގ އެންޑް ޓްރެއިނިންގ ޑިރެކްޓަރޭޓްގެ ފްލެގްޝިޕް ޕްރޮގްރާމެއް ކަމަށްވާ "އިންސްޓްރަކްޓަރ ޑިވެލޮޕްމަންޓް ކޯސް " ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) ގެ އައްޑޫ ސިޓީ ކެމްޕަހުގައި މިއަދު ފަށައިފިއެވެ.

 

މި ތަމްރީނު ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިއަދު ހެނދުނު އެންސީޕީއެލްއީގެ އައްޑޫ ކެމްޕަހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާނެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އަޙްމަދު ޢަބްދުއްރަޙްމާން ވަނީ، މިއީ އެންސީޕީއެލްއީގެ އައްޑޫ ސިޓީ ކެމްޕަހުގައި ކުރިއަށްގެންދެވޭ ބައިނަލްއަގުވާމީ ފުރަތަމަ ތަމްރީނު ޕްރޮގްރާމްކަން ފާހަގަކުރައްވައި، މިއީ އެ ކޮލެޖަށް ލިބުނު މުހިންމު ކުރިއެރުމެއްކަމަށާއި މި ހާސިލުކުރެވުނީ ވަރަށް ތާރީހީ ލަނޑުދަނޑިއެއް ކަމަށް ވިދާޅުވެފައެވެ.

 

އިންޓަރޕޯލްގެ އެކި ޒޯންތައް ތަމްސީލުވާ ގޮތަށް 13 ގައުމަކުން ޖުމްލަ 23 އޮފިސަރުން މި ޕްރޮގްރާމުގައި ބައިވެރިވެއެވެ. މިއީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އޮފިސަރުންނަށް އުނގަންނައިދިނުމުގެ އަސާސީ އަދި ފަންނީ މެތޮޑޮލޮޖީތައް އުނގަންނައިދިނުމަށް ފަރުމާކޮށްފައިވާ ހާއްސަ ތަމްރީނެކެވެ. މި ކޯހުގެ އެންމެ ބޮޑު ބޭނުމަކީ ބޮޑެތި މީހުންނަށް ކިޔަވައިދިނުމުގެ އުސޫލުތަކާއި، އިންސްޓްރަކްޝަނަލް ސިސްޓަމް ޑިޒައިނިންގ އަދި ޒަމާނީ ފުލުހުންގެ ތަމްރީނުތައް ފޯރުކޮށްދިނުމުގައި ބޭނުންކުރާ ހަރުދަނާ އުކުޅުތަކަށް ބައިވެރިން އަހުލުވެރިކުރުވުމެވެ.

 

މި ޕްރޮގްރާމުގެ ތެރެއިން، އިންސްޓްރަކްޝަނަލް ސިސްޓަމް ޑިޒައިން މޮޑެލްތައް ބޭނުންކޮށްގެން އަމިއްލަ ލެސަން ޕްލޭންތައް ތައްޔާރުކުރުމާއި، ޕަބްލިކް ސްޕީކިންގ އަދި ޕްރެޒެންޓޭޝަން ހުނަރުތައް ތަރައްގީކުރުމާއި، ބައިވެރިން ޝައުގުވެރިކުރުވުމުގެ އުކުޅުތަކުގެ އިތުރުން ފެންވަރު ވަޒަންކުރުމުގެ ހުނަރުތައް ބައިވެރިން އުނގެނޭނެއެވެ.

 

މީގެއިތުރުން، މި ތަމްރީނަކީ އިންޓަރޕޯލްގެ މެންބަރު ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އޮފިސަރުން އެއްތަންވެ، ބައިނަލްއަގުވާމީ ފެންވަރުގައި ފުލުހުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް، މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ފަހިވެގެންދިޔަ މުހިންމު ފުރުސަތެކެވެ.


Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all