އިންސާނުން އުފުލާ އިލެކްޓްރިކް ޑްރޯންގެ އުދުހުންތައް ހުޅުމާލޭގައި ކާމިޔާބުކަމާއެކު ދައްކާލައިފި
ހުޅުމާލޭގައި އިންސާނުން އުފުލުމަށް ޚާއްޞަކޮށްގެން އުފައްދާފައިވާ އިލެކްޓްރިކް ވާޓިކަލް ޓޭކްއޮފް އެންޑް ލޭންޑިންގ (އީ-ވީޓޯލް) ޑްރޯންގެ ތާރީޚީ އުދުހުންތަކެއް ކާމިޔާބުކަމާއެކު ދައްކާލައިފިއެވެ.
ޗައިނާގެ ޓެކްނޮލޮޖީ ކުންފުންޏަކުން އިންތިޒާމުކޮށްގެން ކުރިއަށްދިޔަ މި ހަރަކާތުގައި، ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީ ބޭނުންކޮށްގެން ވަޔާއި ދެކޮޅަށް އުފުރޭ އަދި އަމިއްލައަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިގެންވާ އުޅަނދު ވަނީ ހުޅުމާލޭގެ ވައިގެ ސަރަހައްދުގައި އުދުހި ދައްކާލާފައެވެ.
Gearing up for tomorrow’s VTOL (Vertical Take-Off and Landing) Flight Demonstration Event! 🔥 You’re all invited to witness the future of aviation take flight! 📍 Location: Hulhumalé Phase 1, Channel Area (Adjacent to the Dhiraagu Tower) 🕘 Time: 9:00 AM See you there! 🙌 https://t.co/xPV8TGXEwK
— Ministry of Economic Development,Transport & Trade (@MoEDmv) November 6, 2026
މި ޑްރޯންއަކީ އިންސާނުންނާއި ތަކެތި އުފުލުމަށް، ކާބަން ބޭރުކުރުން މަދުކޮށް ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް އުފައްދާފައިވާ ޒަމާނީ އުޅަނދެކެވެ. މީގެ އިތުރުން، ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުގައި ރަށްރަށުގެ މެދުގައި އަވަސް ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށާއި، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިފަދަ ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ ގޮތްތަކާމެދު ވަނީ މަޝްވަރާކޮށްފައެވެ.
މިއީ ރާއްޖޭގައި އިންސާނުން އުފުލާ ފެންވަރުގެ ޑްރޯން ޓެކްނޮލޮޖީގެ އުދުހުމެއް މިފަދަ ގޮތަކަށް އާންމުކޮށް ދައްކާލި ފުރަތަމަ ފަހަރެވެ.
