Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ހުއްޓިފައި އޮތް ދިޔަމިގިލި ސްކޫލްގެ ތިން ބުރީގެ އިމާރާތް، ސިފައިންގެ ބުރަ މަސައްކަތުން އަށް މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލައިފި.

ހުއްޓިފައި އޮތް ދިޔަމިގިލި ސްކޫލްގެ ތިން ބުރީގެ އިމާރާތް، ސިފައިންގެ ބުރަ މަސައްކަތުން އަށް މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލައިފި.
photo:Mihaaru
ތަފްޞީލް

10 ކްލާސްރޫމް ހިމެނޭ މި އިމާރާތުގެ މަސައްކަތް މިދިޔަ މާޗް މަހުގެ 31 ވަނަ ދުވަހު ސިފައިންނާ ހަވާލުކުރިއިރު ނިމިފައި ހުރީ އެންމެ 30 ޕަސެންޓު މަސައްކަތެވެ. އެމްއެންޑީއެފުން މިއަދު ބުނި ގޮތުގައި، ސިފައިން މަސައްކަތް ފެށީ ކުރިން ހަދާފައި ހުރި ސްޓްރަކްޗާއަށް ލިބިފައި ހުރި ގެއްލުންތައް މަރާމާތުކޮށް، އިތުރު ކޮލަމްތައް ޖަހައި އިމާރާތް ވަރުގަދަކުރުމަށް ފަހުގައެވެ.


މި އިމާރާތުގެ ކޮންކްރީޓް މަސައްކަތާއި ރޭނުމާއި، ސިމެންތި ޖެހުމާއި، ކުލަ އާއި ދަވާދު ލުމާއި، ފުރާޅުގެ މަސައްކަތްތަކުގެ އިތުރުން ކްލާސްރޫމްތަކާއި ފާހާނާތައް ހެދުމާއި، ސީލިންގުކޮށް މުށި ޖެހުމުގެ މަސައްކަތް ކުރީ ސިފައިންނެވެ. ހަމައެއާއެކު ކަރަންޓާއި ފެން ވަޔަރިން، އަލިފާން ނިއްވާ ނިޒާމު ގާއިމުކުރުން އަދި ނަން ބޯޑުތައް ހަރުކުރުން ފަދަ އެންމެ ކުދި މަސައްކަތްތައް ވެސް ސިފައިން ވަނީ ފުރިހަމަކޮށްފައެވެ. ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވެސް ވަނީ މަސައްކަތް ހިނގަމުންދިޔައިރު އެ ރަށަށް ވަޑައިގެން މަސައްކަތް ބައްލަވާލައްވާފައެވެ.


މަސައްކަތް ވިލަރެސްކުރި ފަރާތްތަކާއި އެހީތެރިކަން:

  • މެނޭޖަރު: އެމްއެންޑީއެފް މިލިޓަރީ އިންޖިނިއާސް (އެމްއީ) ގެ ވޮރަންޓް އޮފިސަރު 2 ޖައުފަރު މުހައްމަދު.
  • އެސިސްޓެންޓް މެނޭޖަރު: އެމްއެންޑީއެފް މިލިޓަރީ އިންޖިނިއާސް (އެމްއީ) ގެ ފަސްޓް ސާޖަންޓް އަހުމަދު ހާލިދު.
  • އިތުރު އެހީތެރިކަން: އެމްއެންޑީއެފް ސާވިސް ކޯގެ ސިގްނަލްސް އާއި އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާސް (އީއެމްއީ) ގެ ޓެކްނިކަލް އެހީތެރިކަމާއި ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިންގެ އެއްބާރުލުން ވަނީ ލިބިފައެވެ.


މަސައްކަތް ފެށުނީއްސުރެ ނިމުމާ ހަމައަށް ދިޔަމިގިލީ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބި، ބައެއް މަސައްކަތްތަކުގައި ރައްޔިތުން އަމަލީގޮތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފައިވާކަން އެމްއެންޑީއެފުން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.

Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all