Ad #8We build digital futuresWebsites · Mobile apps · E-commerce · Digital marketing
  • Websites that convert
  • iOS & Android apps
  • E-commerce stores
  • SEO & digital marketing
☎ 777 3818Talk to us →
News Featured

ހުޅުމާލެ ފޭސް 3 ގައި ތަރައްގީކުރާ ބައިނަލްއަގުވާމީ ފެންވަރުގެ "ނޭޝަނަލް ފުޓްސަލް އެރީނާ" ގެ މަސައްކަތް ރަސްމީކޮށް ފަށައިފި

ހުޅުމާލެ ފޭސް 3 ގައި ތަރައްގީކުރާ ބައިނަލްއަގުވާމީ ފެންވަރުގެ "ނޭޝަނަލް ފުޓްސަލް އެރީނާ" ގެ މަސައްކަތް ރަސްމީކޮށް ފަށައިފި
Photo: sarukaaru.gov
ތަފްޞީލް

ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި ބިނާކުރުމަށް ނިންމާފައިވާ "ނޭޝަނަލް ފުޓްސަލް އެރީނާ" ގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.


ރާއްޖޭގެ އެންމެ މަގުބޫލު އެއް ކުޅިވަރު ކަމަށްވާ ފުޓްސަލްއަށް ހާއްސަ އިންޑޯ އެރީނާއެއް ނެތުމުގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގައި، 720 ދުވަހުގެ ތެރޭގައި މި މަޝްރޫއު އެއްކޮށް ނިންމާލުމަށް ހަވާލުކޮށްފައިވަނީ ލިއޯ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާއެވެ. މި ކޮމްޕްލެކްސް އެޅުމަށް ބިން ދިނުމުގެ އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީގެ އިތުރުން އެޗްޑީސީން ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު އެވެ.


މިހާތަނަށް ރާއްޖޭގައި ފުޓްސަލް ކުޅެމުން އައީ މުޅިންވެސް އައުޓްޑޯ ޕިޗުތަކުގައި ކަމަށްވުމުން، ގައުމީ ފުޓްސަލް ޓީމަށްވެސް ވަނީ އިންޑޯ ވަސީލަތްތައް ނެތުމުގެ ދަތިކަން ބޮޑުވެފަ އެވެ. މިއަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ހޯދައި، ދާދިފަހުން ޗައިނާގައި ބޭއްވި މުބާރާތެއްގައިވެސް ރަނގަޅު ނަތީޖާތަކެއް ނެރުނު ގައުމީ ޓީމަށް މި އެރީނާއާއެކު ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެވެ.


އެރީނާގެ ފަރުމާއާއި ކޯޓުތަކުގެ ތަފްސީލު:

ހުޅުމާލެ ފޭސް 3 ގެ ފޭރުމާ ހިނގުމާއި ބެރެބެދިގަސް މަގާ އިންވެގެން އޮންނަ 5،955.32 އަކަމީޓަރުގެ ބިމެއްގައި ތަރައްގީކުރާ މި އެރީނާގެ ޖުމްލަ ބިލްޓް-އަޕް އޭރިއާއަކީ 9،775.00 އަކަމީޓަރެވެ. 21 މީޓަރުގެ އުސްމިނަށް ބިނާކުރާ މި މަލްޓި-ލެވެލް އިންޑޯ އެރީނާއަކީ ބައިނަލްއަގުވާމީ ފީފާގެ މިންގަނޑުތަކާ އެއްގޮތަށް ސްޕޯޓްސް މިނިސްޓްރީން ފަރުމާކޮށްފައިވާ ތަނެކެވެ.


  • ބައިނަލްއަގުވާމީ ފެންވަރުގެ 5 ކޯޓު: މި ކޮމްޕްލެކްސްގެ ގްރައުންޑް ފްލޯގައި 1 މެޗު ކޯޓު (ކުޅޭ ސަރަހައްދު 20m x 40m؛ ރަންއޯފްއާއެކު 26m x 46m) ހުންނާނެ އެވެ. މީގެ އިތުރުން ގްރައުންޑް ފްލޯގައި 2 ކޯޓު އަދި މަތީ ފަންގިފިލާގައި 2 ކޯޓާއެކު ޖުމްލަ 4 ޕްރެކްޓިސް ކޯޓު ހިމެނޭނެ އެވެ. ކޮންމެ ޕްރެކްޓިސް ކޯޓެއްގައި ކުޅޭ ސަރަހައްދަކީ 20m x 40m އަދި ރަންއޯފްއާއެކު 24m x 44m އެވެ.
  • ޒަމާނީ ފްލޯރިންގ: ހުރިހާ ކޯޓެއްގައިވެސް އަޅާނީ 35 ޕަސެންޓް ޝޮކް އެބްޒޯބްކުރާ، ފީފާ މިންގަނޑުގެ ކުޝަންޑް ވައިނައިލް ސްޕޯޓްސް ފްލޯރިންގ އެވެ. މިއީ އަލި ރިފްލެކްޓްވުން ކުޑަކޮށްދީ، ކުޅުންތެރިންނަށް ލިބޭ އަނިޔާތަކުން ރައްކާތެރިކޮށްދޭ ޒަމާނީ ފްލޯރިންގެކެވެ.


ބެލުންތެރިންނާއި ކުޅުންތެރިންނަށް ގާއިމުކުރެވޭ ވަސީލަތްތައް:

މި އެރީނާގައި ބެލުންތެރިންނާއި ކުޅުންތެރިންނަށް ބޭނުންވާނެ އެންމެހައި ޒަމާނީ ވަސީލަތްތައް ވަނީ ހިމަނާފަ އެވެ.

  • ބެލުންތެރިންނާއި ވީ.އައި.ޕީ އިންތިޒާމު: މައި މެޗު ކޯޓުގައި 900 މީހުންނަށް ކުޅިބަލަން ތިބެވޭނެ ސްޕެކްޓޭޓާ ސްޓޭންޑަކާއި، ޓިކެޓް ކައުންޓަރުތަކާއި، ކޮންސެޝަން ސްޓޭންޑްތައް ހުންނާނެ އެވެ. އަދި ދެވަނަ ފަންގިފިލާގައި ހާއްސަ ވީ.އައި.ޕީ ލައުންޖަކާއި 8 ކޯޕަރޭޓް ބޮކްސް ގާއިމުކުރެވޭނެ އެވެ.
  • ކުޅުންތެރިންނާއި އޮފިޝަލުންގެ ވަސީލަތްތައް: ކުޅުންތެރިންނާއި އޮފިޝަލުން ވަދެނިކުތުމަށް ވަކި ހާއްސަ ދޮރުތަކާއެކު، ޓީމު ލޮކަރު ރޫމްތަކާއި، ފެންވަރާ ތަންތަނާއި، ކިޓް ރޫމްތައް ހުންނާނެ އެވެ. މީގެ އިތުރުން ޕްލޭޔާސް ލައުންޖަކާއި، މެޑިކަލް އެންޑް ޑޯޕިން ކޮންޓްރޯލް ރޫމަކާއި، މަލްޓިޕާޕަސް ޓްރެއިނިން ހޯލެއްގެ އިތުރުން އިދާރީ އޮފީސްތައްވެސް މި އެރީނާގައި ހުންނާނެ އެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all