ހިންނަވަރު މެޖިސްޓްރޭޓް ކޯޓުން އަގުކޮމިޓީގެ މެމްބަރުންގެ ދަފްތަރު އެކުލަވާލަނީ
ފާދިއްޕޮޅު ހިންނަވަރު މިކޯޓަށް ހުށަހެޅޭ މައްސަލަތަކާއިގުޅިގެން، ތަންތަނާއި ތަކެތީގެ ޝަރުޢީ އަގެއް ކަނޑައަޅަން ޖެހިއްޖެ ހިނދެއްގައާއި، އިންސްޕެކްޝަނާއި އެސެސްމަންޓް ހަދަންޖެހޭ ޙާލަތުގައި އެކަންކަމުގައި ޙަރަކާތްތެރިވާނެ ކޮމިޓީއެއް އެކުލަވާލުމަށް ބޭނުންވާތީ، ރާނާމީހުން، ވަޑާންކުރާމީހުން، ބީއޯކިއު ތައްޔާރުކުރާމީހުން އަދި އަރކިޓެކްޗަރުންގެ އިތުރުން ޢިމާރާތްކުރުމުގެ މަސައްކަތުގެ ތަޖުރިބާހުރި ފަރާތްތައް ހިމަނައިގެން އަގުކޮމިޓީގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވަތީ އެކަމުގައި ހަރަކާތްތެރި ވެދެވޭނެ ފަރާތްތަކުން އެކަން ހުށަހެޅުމަށް ހިންނަވަރު ކޯޓުން އެދެފިއެވެ.
ހިންނަވަރު ކޯޓުން ކޮށްފައިވާ އިޢުލާނުގައިވާ ގޮތުން ޝަރުޢީ އަގުކޮމިޓީގެ ދަފްތަރު އެކުލަވާލުމަށް ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތްތައްކުރުމުގެ ތަޖުރިބާހުރިފަރާތްތައް ހިމެނޭގޮތުން، ޝަރުޢީ އަގުކޮމިޓީގެ ދަފްތަރެއް ޤާއިމްކުރެވޭނެ ކަމަށާއި ކޮންމެ ތިން އަހަރަކުން އެއްފަހަރު ދަފްތަރު އަލުން އެކުލަވާލަވާ ލެވޭނެ ކަމަށެވެ.
އެކޯޓްގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ތަނެއް ނުވަތަ އެއްޗެއް އަގުކުރަން އަދި އިންސްޕެކްޓް ކުރަންޖެހިއްޖެ ޙާލަތެއްގައި، ތަނުގެ ބާވަތަށް ބަލައި، އަގުކޮމިޓީގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެތެރެއިން އެންމެ ޤާބިލް 03 މެމްބަރުންގެ މައްޗަށް އެކުވެލޭ އަގުކޮމިޓީއެއް އެކަމަށް ޢައްޔަން ކުރެވޭނެ ކަމަށާއި އަގުކުރުމުގެ މަސައްކަތްކުރައްވާ ކޮމެޓީގެ މެމްބަރުންނަށް މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 300.0 ރުފިޔާގެ އުޖޫރައެއް ދޭނެ ކަމަށްވެސް އެކޯޓުން ވަނީ ހާމަކޮށްފައެވެ.
