News Featured

ފަނޑިޔާރަކަށް ދުވާލަކަށް 2 ހާސް ރުފިޔާ ދިނުމަށް މަކުނުދޫ ކައުންސިލުން ނިންމައިފި

Advertisement
ފަނޑިޔާރަކަށް ދުވާލަކަށް 2 ހާސް ރުފިޔާ ދިނުމަށް މަކުނުދޫ ކައުންސިލުން ނިންމައިފި
ތަފްޞީލް

ތލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލުން އިންތިޒާމްކޮށްގެން މި އަހަރުގެ އޮކްޓޯބަރު މަހުގެ 22 ގައި ބާއްވަން ހަމަޖެހިފައިވާ މަކުނުދޫ ކައުންސިލް ޤްރުއާން  މުބާރާތަށް ފަނޑިޔާރުން ކަން ކޮށްދޭނެ ފަނޑިޔާރުން ހޯދުމަށް އިއުލާން ކޮށްފިއެވެ.

 

މަކުނުދޫ ކައުންސިލުން މައުލޫމާތު ދެއްވައިގޮތުގައި ޤުރުއާން މުދައްރިސުކަމުގެ ޑިގްރީ ޙާޞިލް ކޮށްފައިވާ ފަރާތަކުގެ ތެރެއިން މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލް މަދަރުސާ، ޤުރްއާން ކިލާސްތައް އަދި ޔުނިވަރސިޓީ، ކޮލެޖުގެ އެއްވެސް މުވައްޒަފަކަށް އަދި މުބާރާތުގައި ކިޔަވާ އެއްވެސް ދަރިވަރެއްގެ މައިންބަފައިން އަދި ގާތްތިމާގެ މީހެއް  (މަހުރަމް) ކަމުގައި ނުވާ ފަރާތްތަކުން ފަނޑިޔާރުކަން ކޮށްދިނުމަށް އެދި ހުށަހެޅުމަށެވެ.

 

ޤްރުއާން މުބާރާތުގެ ފަނޑިޔާރުންނަށް ދުވާލަކަށް 2000 ރުފިޔާގެ އެލަވަންސެއް ދިނުމަށްވެސް މަކުނުދޫ ކައުންސިލުން ވަނީ ނިންމާފައެވެ.

 

ގަނޑިޔާރުކަށް ކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކުން މި އޮކްޓޯބަރުގެ 7 ވަނަ ދުވަހުގެ 11 ޖެހުމުގެ ކުރިއަށް ކައުންސިލަށް ހުށަހެޅުމަށް މަކުނުދޫ ކައުންސިލުން އެދެއެވެ. 


Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް