އެޓޯލް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 2026/2027 ގައި ބައިވެރި ވުމުގެ މުއްދަތު އިތުރުކޮށްފި
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ 2026/2027 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގެ ކަލަންޑަރގައި ހިމެނޭ އެޓޯލް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 17 އޮކްޓޯބަރ 2026 ފެށުމަށް ހަމަޖެހިފައިވާތީ އިތުރު ފުރުޞަތު ދިނުމުގެ ގޮތުން މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތަކަށް އަލުން ފުރުޞަތު ހުޅުވާލައިފިއެވެ.
އެފްއޭއެމް އިން ހާމަކޮށްފައިވާ ގޮތުގައި މުބާރާތައި ބައިވެރި ވުމުމުގެ މުއްދަތު ހަމަވިއިރު ބައިވެރިވާ އިތުރު ފުރުޞަދު ދިނުމަށް ވަރަށް ގިނަ ރަށްރަށުން ވަނީ އެދިފައިވާ ކަމަށާއި، އެކަމާއި ގުޅިގެން މި ހިނގާ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ކުރިން، މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ހުށަހެޅުމަށް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.
މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ރަށްތަކުން، މި ލިންކް މެދުވެރިކޮށް މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ލިޔެކިއުންތައް ހުށަހެޅުމަށް އެފްއޭއެމުން އެދެއެވެ.
27 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ ކުރިން ހުށައެޅުމަށް ދަންނަވަމެވެ. އަދި މި މުބާރާތުގައި ޓީމްތަށް ބައިވެރިވެ ނިމުމުން، ރީޖަންތަކުގައި މެޗްތަށް ކުޅޭނެ ތާރީހްތައް ފަހުން އަންގާނެ ކަމަށްވެސް އެފްއޭމުން ހާމަކުރެއެވެ.
