Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

އެތެރޭގެ ދަރަނި 100 ބިލިއަނަށް އަރައި ސަރުކާރުގެ ޚަރަދު ހަމަޖައްސަން ޓީ ބިލް ވިއްކަން ނިންމައިފި

އެތެރޭގެ  ދަރަނި 100 ބިލިއަނަށް އަރައި ސަރުކާރުގެ ޚަރަދު ހަމަޖައްސަން ޓީ ބިލް ވިއްކަން ނިންމައިފި
ފިނޭންސް މިނިސްޓަރ ޒަރީރު މަޖިލީހުގައި ވާހަކަ ދައްކަވަނީ
ތަފްޞީލް

ރާއްޖޭގެ އެތެރޭގެ ދަރަނި 100 ބިލިއަން ރުފިޔާއަށް އަރާފައި ވަނިކޮށް، ސަރުކާރުގެ ޚަރަދުތައް ހަމަޖައްސަން 3.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން މިމަހުވެސް އިއުލާންކޮށްފިއެވެ.


ފަހަކަށްއައިސް ސަރުކާރުގެ ޚަރަދުތައް ހަމަޖައްސަން ކޮންމެ މަހަކުވެސް ޓީބިލް ވިއްކަން ޖެހެއެވެ.


ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ، ހަތަރު ޓީބިލެއް ވިއްކަން އިއުލާން ކޮށްފައިވާ ކަމަށާއި އެ ހުރިހާ ޓީބިލަކަށް ވެސް މާދަމާ ފައިސާ ދައްކަން ޖެހޭ ކަމަށެވެ.

ޓީބިލަކީ އިންޓަރެސްޓާއެކު އަނބުރާ ދައްކާ ގޮތަށް ސަރުކާރުން ނަގާ ފައިސާއެވެ. ޓީބިލު އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުވާ ވަރަކަށް އެއަށް ދައްކަން ޖެހޭ އިންޓްރެސްޓު ވެސް އިތުރުވާނެއެވެ.


ވިއްކަން އިއުލާންކޮށްފައިވާ ޓީބިލުތަކުގެ އަދަދާއި އިންޓްރެސްޓް ރޭޓަކީ:

1.32 ބިލިއަން ރުފިޔާ - 3.5 ޕަސެންޓް، އަނބުރާ ދެއްކުން 28 ދުވަހުން

70.2 މިލިއަން ރުފިޔާ - 3.87 ޕަސެންޓް، އަނބުރާ ދެއްކުން 98 ދުވަހުން

50 މިލިއަން ރުފިޔާ - 4.23 ޕަސެންޓް، އަނބުރާ ދެއްކުން 188 ދުވަހުން

1.76 ބިލިއަން ރުފިޔާ - 4.6 ޕަސެންޓް، އަނބުރާ ދެއްކުން 364 ދުވަހުން


ފިނޭންސް މިނިސްޓްރީންވަނީ އެ ޓީބިލްތައް ވިއްކުމާ ގުޅޭ އިތުރު މައުލޫމާތު 3349200އަށް ގުޅުމުން ލިބޭނެކަން ފާހަގަކޮށްފައެވެ.


ފިނޭންސް މިނިސްޓްރީން މިމަހު ކުރީކޮޅު އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި، ދައުލަތުގެ އެތެރޭގެ ދަރަނި މިހާރު ވަނީ 100 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އޭގެ ތެރެއިން އެންމެ ގިނައީ އެއް އަހަރު ތެރޭ ދައްކަން ޖެހޭ ދަރަންޏެވެ. އެގޮތުން އެ މުއްދަތުގައި 40.2 ބިލިއަން ރުފިޔާ އަނބުރާ ދައްކަން ސަރުކާރަށް ޖެހެއެވެ. 


އެތެރޭގެ ދަރަނީގެ ތެރޭގައި ރުފިޔާއިން ވިއްކާފައިވާ 43 ބިލިއަން ރުފިޔާގެ ޓީބިލާއި 33 ބިލިއަންގެ ޓްރެޝަރީ ބޮންޑް ހިމެނެއެވެ. ޓީބިލް އެންމެ ގިނައިން ގަނެފައިވަނީ ކޮމާޝަލް ބެންކުތަކާއި އެހެނިހެން ފައިނޭންޝަލް ކޯޕަރޭޝަންތަކުންނެވެ.


އާންމު ގޮތެއްގައި ބެންކުތަކުގެ އިތުރުން ޕެންޝަން ފަންޑާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޓީބިލްތައް ގަނެއެވެ. މިގޮތަށް ފައިސާ ހޯދަންޖެހެނީ ދައުލަތަށް ލިބޭ މިންވަރަށްވުރެ ޚަރަދުކުރާ މިންވަރު އިތުރުވަމުން ދާތީއެވެ.


ރާއްޖޭގައި އެކި ސަރުކާރުތަކުގައި ޚަރަދުތައް ކުޑަނުކުރެވި، ދަރަނި އިތުރުވަމުން ގޮސް، މި އަހަރު އެކަނި ވެސް 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހުނެވެ. މި އަހަރަށް ފާސްކުރީ 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށްވާއިރު، އޭގެ މައިގަނޑު ސަބަބަކަށްވީ ދަރަނި އަނބުރާ ދައްކަން 12.9 ބިލިއަން ރުފިޔާ ކަނޑައަޅަން ޖެހުމެވެ.


Share this article: Facebook Twitter WhatsApp
Ad #9Find anything. Sell everything.Maldives' free marketplace: cars, phones, property, jobs
  • Post your ad free
  • Cars, phones & property
  • Jobs & services
  • Every island, every atoll
☎ 757 5609Post your ad free →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all