އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ތިބި އެންމެން މަރުވެއްޖެ!
އެމެރިކާގެ ދެކުނު ފްލޮރިޑާގެ ޕާމް ބީޗް ކައުންޓީއަށް ލިއަރޖެޓް 60 (Learjet 60) ބާވަތުގެ ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެއެވެ. ކަމާބެހޭ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި މި ހާދިސާގައި ބޯޓުގައި ތިބި 9 މީހުން ވަނީ ނިޔާވެފައެވެ.
އެމެރިކާގެ ޓްރާންސްޕޯޓޭޝަން ސެކްރެޓަރީ ޝޯން ޑަފީ ވިދާޅުވި ގޮތުގައި، ޓެކްސަސްގެ އޮސްޓިންއިން ފުރައިގެން ބަހާމާސްއަށް ދަތުރުކުރި މި ބޯޓު ވެއްޓިފައިވަނީ ގްރީންއޭކާސް އަވަށުގެ އާންމުން ދިރިއުޅޭ މީހުން ގާތް ސަރަހައްދެއްގެ މަގުމައްޗަށެވެ. ބޯޓު ވެއްޓުމާއެކު ބޮޑު ގޮވުމެއް ގޮވައި، ބޮޑު އަލިފާންގަނޑެއް ރޯވި ނަމަވެސް، އެއްގަމުގައި ތިބި އެއްވެސް މީހަކަށް ސީރިއަސް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.
BREAKING: New footage captures the aircraft crash in Greenacres, Florida. Preliminary information suggests the aircraft that crashed is a business jet. https://t.co/pMEsJerhgZ
— AZ Intel (@AZ_Intel_) November 1, 2026
ފްލޮރިޑާގެ ގަވަރނަރު ރޮން ޑިސާންޓިސް ވިދާޅުވީ، ބޯޓު ވެއްޓުނު މަންޒަރު ފެނުނީ މިސައިލެއް ވެއްޓުނު ފަދަ ގޮތަކަށް ކަމަށާއި، ބޯޓު ޖެހުނު ތަނުގައި ބޮޑު ވަޅުގަނޑެއް ހެދި، ކައިރީގައި ހުރި ބައެއް ޢިމާރާތްތަކަށާއި ގަސްގަހާގެއްސަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އަދި މި ހާދިސާ ހިނގި ވަގުތަކީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، މޫސުން ވަރަށް ގޯސް ވަގުތެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
BREAKING: Plane crashes in Palm Beach. County, Florida; fire and debris field seen. The plane type or any casualties are unknown at this time. https://t.co/Hf4wq3ooUZ
— Noteworthy News (@newsnoteworthy) November 1, 2026
ބޯޓު ވެއްޓުމަށް މެދުވެރިވި ސަބަބުތައް: އެއަރ ޓްރެފިކް ކޮންޓްރޯލްގެ ރެކޯޑިންގތަކާއި ފްލައިޓް ޓްރެކިންގ މަޢުލޫމާތުން އެނގޭ ގޮތުގައި، ބޯޓު ވެއްޓުމުގެ ކުޑައިރުކޮޅެއް ކުރިން 35،000 ފޫޓު އުސްމިނުގައި ދަތުރުކުރަނިކޮށް، ބޯޓުގައި ގަނޑުފެން ހިފުމާއި (އައިސިންގ) ވައިގެ ގަދަ ލޮޅުންތަކެއް ވަނީ ކުރިމަތިވެފައެވެ. މި މައްސަލަތަކާ ހުރެ އުސްމިން މައްޗަށް ޖައްސަން ޕައިލެޓް އެދުނު ނަމަވެސް، ކުއްލިއަކަށް ބޯޓުގެ ކޮންޓްރޯލް ގެއްލި، މިނެޓެއްގެ ތެރޭގައި އެތައް ހާސް ފޫޓެއް ތިރިއަށް ވެއްޓުނެވެ. ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ދެނެގަތުމަށްޓަކައި އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (FAA) އާއި ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު (NTSB) އިން މިހާރު ވަނީ ޚާއްޞަ ތަހުގީގެއް ފަށާފައެވެ.
Terrifying final ATC transmissions capturing the last seconds of the Bahamas-bound Learjet that crashed into a Florida neighbourhood yesterday. 9 killed. https://t.co/s6iT3afbz7
— Shiv Aroor (@ShivAroor) November 2, 2026

