އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ތިން މީހުން ޝަހީދުވެއްޖެ ކަމަށް މެޑިކަލް އޮފިޝަލުން ބުނެފި!
ޣައްޒާގެ މެޑިކަލް އޮފިޝަލުންނާއި ސިއްހީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން އާ ހަމަލާތަކެއްގައި މަދުވެގެން ތިން ފަލަސްތީނީން ވަނީ ޝަހީދުވެފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ހަމަލާތައް އަމާޒުވެފައިވަނީ ޚާން ދޫނިސް އަދި އަލް-މުސައްދަރު ސަރަހައްދަށެވެ. މީގެ ތެރެއިން ޚާން ދޫނިސްއަށް ދިން ހަމަލާގައި ދެ މީހުން ޝަހީދުވެ، އިތުރު އެތައް ބަޔަކު ޒަޚަމްވެފައިވާއިރު، އަލް-މުސައްދަރުންވެސް އެކަކު ވަނީ ޝަހީދުވެފައެވެ.
This is a video I recently filmed in the streets of Gaza. My city has vanished from existence! https://t.co/bYsduSewgu
— Tamer Nahed (@Tamer_Alnoaizy) October 30, 2026
ބައިނަލްއަގުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ފާހަގަކުރާ ގޮތުގައި، ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެވުނު ނަމަވެސް، އިސްރާއީލުން ދަނީ ޣައްޒާގެ ތަފާތު ސަރަހައްދުތަކަށް ވައިގެ މަގުންނާއި އަސްކަރީ ގޮތުން ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގެ ސަބަބުން ޣައްޒާގައި އާންމުން ދިރިއުޅެމުންދާ ވަގުތީ ފެންޓުތަކަށާއި، ގެދޮރުނެތިފައިވާ އާއިލާތަކަށް ބޮޑެތި ނުރައްކާތަކެއް ވަނީ ކުރިމަތިވެފައެވެ.