އެމްއެމްއޭއިން ދިރާސާތަކަށް 5 މިލިއަން ރުފިޔާގެ ފަންޑެއް ހުޅުވާލައިފި
މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (MMA) އިން ޤައުމީ ފެންވަރުގެ ދިރާސާތަކަށް ބާރުދިނުމަށް 5 މިލިއަން ރުފިޔާގެ ރިސާޗް ފަންޑެއް ހުޅުވާލައި، މި ފަންޑުން އެހީ ލިބުމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ އިދާރާއިން ބުނީ، މި ފަންޑަކީ އިޤްތިޞާދު، މާލިއްޔަތު އަދި ތަރައްޤީއާ ބެހޭ މުހިންމު ދިރާސާތައް ހިންގުމަށް ދެވޭ އެހީއެއް ކަމަށެވެ. މިގޮތުން ހޮވޭ ޕްރޮޖެކްޓުތަކަށް މާލީ އެހީ ލިބި، އެ ދާއިރާތަކުގެ މަޢުލޫމާތު އިތުރަށް ފުޅާކުރުމަށް އެހީވެދެވޭނެކަމަށެވެ.
ފަންޑު ބޭނުންވާ ފަރާތްތަކުން އެކި ދިރާސާ ޕްރޮޖެކްޓުތަކުގެ މަޝްރޫޢުތައް ހުށަހެޅުމުން އެއީ ފަންޑުގެ ޝަރުތުތަކާ ގުޅޭތޯ
ޕްރޮޖެކްތަކެއްތޯ ބަލައި ހޮވޭ ޕްރޮޖެކްޓަކަށް ފަންޑްދެވޭނެއެވެ.
އެމްއެމްއޭގެ ބަޔާނުގައި ވަނީ، މި ފަންޑުގެ މެދުވެރިކޮށް ޤައުމީ ފެންވަރުގެ ޕޮލިސީ ނިންމުންތައް އެކަށެއެޅުމަށް ބޭނުންވާ ހެއްކާއި މަޢުލޫމާތު އިތުރަށް ލިބި، ނިންމުންތަށް ނިންމުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށެވެ.
