އެމްއައިބީން "ކާޑުން ކަނޑާލާ ޓެޕް އެންޑް ވިން" ކެމްޕޭން ފަށައިފި؛ ކޮންމެ ދެ ހަފްތާއަކުން ދެ މީހަކަށް ހިލޭ ޗުއްޓީ ދަތުރެއް!
އަހަރުގެ ފަހުކޮޅާ ދިމާކޮށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ކަމަށްވާ "ކާޑުން ކަނޑާލާ ޓެޕް އެންޑް ވިން، އިޔާ އެންޑް ކެމްޕޭން 2026" މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މިއަދުން ފެށިގެން މި އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކެމްޕޭނުގެ މައިގަނޑު މަގުސަދަކީ، އާންމު ދިރިއުޅުމުގެ ވިޔަފާރިތަކުގައި އެމްއައިބީގެ ވިސާ ކާޑާއި "ފައިސާވެއާ" ބޭނުންކުރާ މިންވަރު އިތުރުކުރުމާއެކު ކަސްޓަމަރުންގެ އަގުވަޒަންކުރުމެވެ.
ކެމްޕޭނުގައި ބައިވެރިވެވޭނެ ގޮތް: މި ޕްރޮމޯޝަނުގައި ބައިވެރިވުމަށްޓަކައި ކަސްޓަމަރުން ޖެހޭނީ އެމްއައިބީގެ ޕީއޯއެސް ޓާމިނަލްތައް ނުވަތަ "އެމްއައިބީ ގްލޯބަލް ޕޭ" މެދުވެރިކޮށް، އެމްއައިބީ ކާޑު ނުވަތަ ފައިސާވެއާ ބޭނުންކޮށްގެން ވިޔަފާރިކުރާށެވެ. މިގޮތުން މަދުވެގެން 120 ރުފިޔާގެ 12 މުއާމަލާތް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ކޮންމެ ކަސްޓަމަރަކަށް މި ކެމްޕޭނުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ލިބޭ އިނާމުތަކާއި ޗުއްޓީ ހޭދަކޮށްލެވޭ ތަންތަން:
- އިނާމު: ކޮންމެ ދެ ހަފްތާއަކުން އެއްފަހަރު ގުރުއަތުން ހޮވޭ ދެ ނަސީބުވެރިއަކަށް، ދެ މީހުންނަށް ތިން ދުވަހުގެ ހިލޭ ޗުއްޓީ ދަތުރެއް ލިބޭނެއެވެ. މި ޕެކޭޖުގެ ތެރޭގައި އެކޮމޮޑޭޝަން، ފުލް-ބޯޑު ކެއުން އަދި ދެކޮޅު ދަތުރު ޓިކެޓު ހިމެނެއެވެ.
- ގެސްޓްހައުސްތައް: މި ދަތުރުތައް ހަމަޖެހިފައިވަނީ ކ. ދިއްފުށީގެ ސްޓޯން ހޮޓެލް، ބ. ދަރަވަންދޫގެ ލުވައިސް ބްލާންކުރާ އަދި ކ. ގުޅީގެ އެރައިވަލް ބީޗް އެންޑް ސްޕާ ގައެވެ.
އެމްއައިބީން ފާހަގަކުރި ގޮތުގައި، މިފަދަ ހަރަކާތްތައް ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ އެ ބޭންކުގެ ޑިޖިޓަލް ޕޭމަންޓް ނިޒާމު އިތުރަށް ވަރުގަދަކުރުމެވެ. އަދި ނަގުދު ފައިސާ ގެންގުޅުމުގެ ބަދަލުގައި ކާޑާއި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ފަސޭހަކަމާއެކު ވިޔަފާރިކުރުމުގެ އާދަ މުޖުތަމައުގައި އަށަގެންނެވުމާއެކު، ކަސްޓަމަރުންނަށް ލިބޭ ބޭންކިންގް ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަކީވެސް މި ކެމްޕޭނުގެ އަމާޒެކެވެ.