News Featured

އެފް ޑީ ސީ ޓަވަރުތަކުގައި ޙަވާލުނުކުރެވި 74 އެޕާޓްމަންޓް އެބަހުރި

Advertisement
އެފް ޑީ ސީ ޓަވަރުތަކުގައި ޙަވާލުނުކުރެވި  74 އެޕާޓްމަންޓް އެބަހުރި
ތަފްޞީލް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ އަމާން ދޯދި އަދި އަމާން އުދަރެހުގެ 4،000 ހައުސިން ޔުނިޓްގެ ތެރެގައި ހިމެނޭ ބައެއް ޔުނައިޓްތައް އެއްކޮށް އަދިވެސް ހަވާލުކޮށް ނުނިމޭކަމަށް އެފްޑީސީން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެފްޑީސީން އާއްމުކުރި މައުލޫމާތަށް ބަލާއިރު، ތަފާތުއެކި ސަބަބުތަކާހެދި 74 ހައުސިން ޔުނިޓް ހަވާލުނުކުރެވި އަދިވެސް އެބަހުއްޓެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ތެރޭގައި ހިމެނެނީ ޤާނޫނީ ގޮތުންނާއި އެނޫންވެސް ބައެއް ސަބަބުތަކާހެދި ހަވާލުނުކުރެވި ހުރި ޔުނިޓްތަކެވެ.

މިހާތަނަށް ޙަވާލުކުރެވިފައިވަނީ، 3،926 ޔުނިޓެވެ. މީގެ ކުރިން ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ތަންތަނަށްވުރެ އެފްޑީސީގެ ޔުނިޓްތަކުގެ ކުލި ދެއްކުމުގެ ރޭޓް ރަނގަޅުަކަމަށް އެ ކުންފުނިން އާއްމުކުރި ތަފާސްހިސާބުތަކުން އެނގެއެވެ. އެފްޑީސީން އާއްމުކުރި މައުލޫމާތަށް ބަލާއިރު ހަތަރުހާސް ޔުނިޓްގެ ތެރެއިން ގަވާއިދުން ކުލިދައްކާ ޔުނިޓްތަކުގެ ޖުމްލަ އަދަދު 3،362 ޔުނިޓުގައި އުޅޭއިރު ގަވާއިދުން ކުލި ނުދައްކާ ޔުނިޓްތަކުގެ އަދަދު އުޅެނީ، 564 ގައެވެ.

ބޯހިޔާވަހިކަމުގެ އެކިއެކި ސްކީމްތަކުން ދޫކޮށްފައިވާ ފްލެޓްތަކަށް ކުލި ނުދައްކާ އުޅޭ މައްސަލަ ރާއްޖޭގައި ވަރަށް ބޮޑެވެ. މި މައްސަލަ ބޮޑުވެ، އެންމެފަހުން ކުލި ނުދައްކާ ފަރާތްތަކަށް ލޯނު ނުނެގޭގޮތަށް އުސޫލެއް ގާއިމްކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. އެޗްޑީސީން ބަލަހައްޓަމުންދާ ހިޔާ ޓަވަރުތަކަށް އެކަނި ބަލާލިނަމަވެސް މިދިޔަ އަހަރުގެ ޖުލައިމަހުގެ ނިޔަލަށް ކުލީގެ ގޮތުގައި އެޗްޑީސީއަށް 890 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles