News Featured

އީރާނަށް އަޅާފައިވާ ދަތިކުރުންތައް ދަމަހައްޓަން، ގަލްފްގެ ޤައުމުތަކުން ޓްރަމްޕް އަރިހުގައި އެދެނީތަ؟

Advertisement
އީރާނަށް އަޅާފައިވާ ދަތިކުރުންތައް ދަމަހައްޓަން، ގަލްފްގެ ޤައުމުތަކުން ޓްރަމްޕް އަރިހުގައި އެދެނީތަ؟
ތަފްޞީލް

އީރާނާ މެދު އެމެރިކާގެ ސިޔާސަތު ލުޔިކޮށް ނުލައި، މިހާރު އަޅައިފައިވާ ފިތުންތައް ދަމިހައްޓައި، އަދި ބެހެއްޓުމަށް ގަލްފް ޤައުމުތަކުގެ ވެރިން ޑޮނަލްޑް ޓްރަމްޕް ގެ އިދާރާގައި އެދެމުންދާ ކަމަށް ޚަބަރު ލިބެމުން އެބަދެއެވެ.

ސައޫދީ އަރަބިޔާ އާއި ޔޫނައިޓެޑް އަރަބް އެމިރޭޓްސް ފަދަ ގަލްފުގެ ބާރުވެރި ޤައުމުތަކުން އެދެނީ، އީރާން އިން ނިއުކްލިއާ ޕްރޮގްރާމާއި އަދި އަސްކަރީ ބާރުގެ ނުފޫޒު މެދު އަލުން އެއްބަސްވުމަކަށް އަންނަންދެން ވޮޝިންގްޓަނުން އަޅާފައިވާ ފިއްތުންތައް ލުޔި ނުކުރުމަށެވެ. އެ ޤައުމުތަކުގެ ރައުޔުގައި، އީރާނާއިމެދު އަޅާފައިވާ ފިތުން ލުޔިކުރުމަކީ ޠެހެރާނަށް އިތުރު ބާރު ލިބިގެންދާނެ ކަމެކެވެ.

މިހާރު އެމެރިކާގެ ސަރުކާރުން، އީރާން އާއެކު އެއްބަސްވުމެއް ވުމަށް ފުރުސަތު ހުޅުވާފައި އޮތްނަމަވެސް، ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކުރަންވާނީ އީރާނުން ނިއުކުލިއަރ އަދި އަސްކަރީ ބާރުގެ އެއްބަސްވުމަށް ބޯލަނބައި އަދި އީރާނުގެ އަމަލުތައް ބަދަލު ކުރުމުން ކަމަށް މިޤައުމު ތަކުން ދެކެއެވެ. ޓްރަމްޕް  ވިދާޅުވަނީ އީރާން "ޑީލެއް ހަދަން ބޭނުންވާ" ކަމަށާއި، އެކަން ކަމިޔާބުވޭތޯ ބަލާނެ ކަމަށެވެ.

އދ.ގެ އާންމު ޖަލްސާގެ ހަވާސާގައި ޓްރަމްޕް އާއި ގަލްފް ކޯޕަރޭޝަން ކައުންސިލް (GCC)ގެ ސައުދީ، އޫއޭއީ، ޤަތަރު، ބަހުރެއިން، ކުވައިތް އަދި އޮމާން ގެ ވެރިންނާއި ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ ތައްޔާރު ވެފައިއެވެ. މި މަޝްވަރާތަކުގައި އީރާނާ ގުޅޭ ހަނގުރާމައިގެ ފަހުގެ ސްޓްރެޓެޖީއާއި، ޤަލްފް ސަރަހައްދުގެ އަމާންކަން ދެމެހެއްޓުމަށް އެޅޭނެ ފިޔަވަޅުތަކަށް ބަހުސްކުރެވޭނެ ކަމަށްވެއެވެ.

ސިޔާސީ މުޙައްލިލުން ބުނާގޮތުގައި، ގަލްފް ޤައުމުތައް އެދެނީ އީރާންގެ ނިއުކްލިއާ އަދި އަސްކަރީ ބާރު ކޮންޓްރޯލްވާ ދާއިމީ އެއްބަސްވުމެއް ލިބެންދެން ވަޝިންގްޓަނުން އީރާނާ މެދު އަޅާފައިވާ ފިތުން ލުޔި ނުކުރުމަށެވެ. މިއީ އަމާންކަން އަދި ހޯރްމުޒް ކަނޑުއޮޅީގެ ވިޔަފާރީގެ ސަލާމަތީ ހާލަތު ދެމެހެއްޓުމަށް މުހިންމު ކަމެއް ކަމަށް މި ޤައުމުތަކުން ދެކެއެވެ.


Topics:
Share this article: Facebook Twitter WhatsApp
Related Articles