އީގަލް ހިލްސް މަޝްރޫއު އައްޑުއަށް ގެންދަން އެމް.ޑީ.ޕީން ތާއީދުކުރާކަމުގެ އިޝާރާތެއް
ރަސްމާލޭގައި އީގަލް ހިލްސް އިން ހިންގަން ނިންމާފައިވާ މަޝްރޫއު އައްޑޫއަށް ގެންދިއުމަށް އެމްޑީޕީން ތާއީދުކުރާ ކަމުގެ އިޝާރާތެއް ދީފި އެވެ.
މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގަ އި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ، އީގަލް ހިލްސްގެ މަޝްރޫއު އައްޑޫއަށް ގެންދިއުމާމެދު ދެކެނީ ކިހިނެތްތޯ ދެކެނީ ސުވާލު ކުރައްވާފަ އެވެ.
މި މަޝްރޫއާ ގުޅޭގޮތުން މިސާލު ޖައްސަވަމުން ރައީސް ނަޝީދު ވިދާޅުވީ “މިސާލަކަށް އީގަލް ހިލްސުން އެ ޕްރޮޖެކްޓް އައްޑޫއަށް ގެންނަން އެ ކުންފުނިން އެއްބަސްވެއްޖިއްޔާ ކިހިނެތްބާ އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުން ދެކޭނީ،”
އެ ސުވާލަށް ޖަވާބު ދެއްވަމުން އައްޑޫ މޭޔަރ ޢަލީ ނިޒާރު ވިދާޅުވީ މިހާރު އެ އޮތްގޮތަށް އެ މަޝްރޫއު ގެންދާން ބޭނުންނުވާ ކަމަށެވެ. ނަމަވެސް އެ މަޝްރޫއުގައިވާ ގޮތްތައް އައްޑޫ ރައްޔިތުންނަށް އެނގޭ ގޮތަށް ބުނެދެވޭނަމަ އެ މަޝްރޫއުއަށް މަރުހަބާ ކިޔަން ތައްޔާރަށް ތިބި ކަމަށެވެ.
އޭގެ ފަހުން ރައީސް ނަޝީދު ވިދާޅުވީ އީގަލްސްގެ އަރިހުގައި އެކަމަށް އެދެން އެމްޑީޕީއަށް ލޮބީ ކުރާން އެދޭތޯ ސުވާލު ކުރައްވާފަ އެވެ. ނިޒާރު ވަނީ އެކަމަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ.
