Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ދުންފަތާ ދުރުވުމަށް 709 މީހުން ފަރުވާ ހޯދައިފި؛ ޚިދުމަތް ދޭން 840 ސިއްހީ ޚިދުމަތްތެރިން ތަމްރީނުކޮށްފި

ދުންފަތާ ދުރުވުމަށް 709 މީހުން ފަރުވާ ހޯދައިފި؛ ޚިދުމަތް ދޭން 840 ސިއްހީ ޚިދުމަތްތެރިން ތަމްރީނުކޮށްފި
Photo: Keck University of Medicine
ތަފްޞީލް

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެދޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ޓޮބޭކޯ ސެޒޭޝަން ކްލިނިކްތަކުން، މިހާތަނަށް 709 މީހަކު ފަރުވާ ހޯދައި ދުންފަތާ ދުރުހެލިވެފައިވާ ކަމަށް ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.


ސަރުކާރުން ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ ދަށުން، ދުންފަތް ހުއްޓާލުމުގެ ފަރުވާ ދިނުމަށް ޚާއްޞަކޮށްގެން މިހާތަނަށް 840 ސިއްހީ ޚިދުމަތްތެރިން ވަނީ ތަމްރީނުކޮށްފައެވެ. މި ޚިދުމަތް މިހާރު މާލެ ސަރަހައްދުގެ 3 ހޮސްޕިޓަލަކުން ލިބެން ހުރިއިރު، އަތޮޅުތަކުގެ 48 ރަށެއްގައި މި ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން، ދުންފަތާ ދުރުވާން ބޭނުންވާ ފަރާތްތަކަށް ލަފައާއި އެހީތެރިކަން ދިނުމަށް ޤާއިމުކުރި 24 ގަޑިއިރުގެ ޚާއްޞަ ހޮޓްލައިން މެދުވެރިކޮށް 877 މީހަކު މިހާތަނަށް އެހީތެރިކަން ހޯދާފައިވެއެވެ.

Photo: Atoll Times


ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު ދަށްކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ޕްލޭންގެ ދަށުން، ފާއިތުވި ދުވަސްތަކުގައި ވަނީ ޤާނޫނީ ގޮތުންނާއި އިދާރީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން:

  • ޤާނޫނީ އިޞްލާޙުތަކާއި ޑިއުޓީ ބޮޑުކުރުން: ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނާއި އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް އިޞްލާޙު ގެނެސް، ވޭޕްކުރުމަށް ބޭނުންކުރާ އިލެކްޓްރޯނިކް ވަސީލަތްތަކުގެ އިމްޕޯޓް ޑިއުޓީއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
  • ޖެނެރޭޝަނަލް ބޭން: 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ސިނގިރޭޓް ވިއްކުމާއި ބޭނުންކުރުން މަނާކުރުމަށްޓަކައި 'ޖެނެރޭޝަނަލް ބޭން' އެއް ވަނީ ތަންފީޒުކުރަން ފަށާފައެވެ.
  • ވޭޕް މަނާކުރުން: 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ގެނައި އިޞްލާޙާއެކު، ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ގެންގުޅުމާއި، ވިއްކުމުގެ އިތުރުން ހިލޭ ބެހުން ވެސް ވަނީ އެއްކޮށް މަނާކޮށްފައެވެ.


މި ޤާނޫނަށް އަމަލުކުރަން ފެށުމާއެކު، މަނާކޮށްފައިވާ ތަކެތި ރާއްޖެ އެތެރެކޮށް، ވިއްކައި އަދި ބޭނުންކުރާ ފަރާތްތަކާ މެދު ކަމާބެހޭ އިދާރާތަކުން ދަނީ ޤާނޫނީ ފިޔަވަޅު އަޅަމުންނެވެ.

މިކަމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ، ޤާނޫނަށް ގެނެވުނު މި ބަދަލުތަކަށް އާންމު ރައްޔިތުން ފުރިހަމައަށް ހޭލުންތެރިވުމަށާއި، ޤާނޫނީ ގޮތުން މަނާކޮށްފައިވާ މިފަދަ އެއްވެސް ކުށަކަށް އަރައިނުގަތުމަށް އިލްތިމާސްކުރައްވާފައެވެ.

Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all