ދޮޅުމިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި އެކަމަކު މިދިޔަ އަހަރަށްވުރެ އެވްރެޖް ދަށް!
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭވިއޭޝަން އިން އާއްމުކޮށްފައވާ ތަފާސް ހިސާބު ތަކަށް ބަލާއިރު 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދަކީ 1،521،927 ފަތުރުވެރިންނެވެ. އެއީ 2025 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޒިޔަރަތްކުރި ފަތުރުވެރިންގެ ޢަދަދަށްވުރެ %3.7 ދަށް ޢަދަދެކެވެ. 2025 ވަނަ އަހަރު ޒިޔާރަތްކޮށްފައިވަނީ 1،579،649 ފަތުރު ވެރިންނެވެ.
ޓޫރިޒަމްގެ މިނިސްޓްރީގެ ހިސާބުތަކުގައިވާ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 69،670 ފަތުރުވެރިންނެވެ. 2025 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 71،732 ފަތުރުވެރިންނެވެ.
ދިވެހިރާއްޖޭގައި މިވަގުތު ފަތުވެރިންނަށް ޚިދުމަތްދެމުން ގެންދާ 67،756 އެނދު ބެހިގެންވަނީ 1،274ތަނުގެ މެދުގައެވެ. އެއީ 179 ރިސޯޓްގައި 45،141 އެނދު، 16 ހޮޓަލުގައި 2،654 އެނދު، 907 ގެސްޓްހައުސްގައި 16،480 އެނދު އަދި 172 ސަފާރީ އުޅަނދުގައި 3،481 އެނދެވެ.
އިމިގްރޭޝަންގެ އިމުގައާއި ހަވާލާދީ ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަށް ބަލާއިރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން 73.6% މީހުން ރިސޯޓް ތަކުގައި ހޭދަކުރާއިރު ގެސްޓްހައުސް ތަކުގައި ހޭދަކުރަނީ %22.1 ފަތުރުވެރިންނެވެ. އަދި ހޮޓެލް ތަކުގައި %2.3 ފަތުރުވެރިން ހޭދަކުރާއިރު ސަފަރީ އުޅަނދުތަކުގައި %1.9 ފަތުރުވެރިން ހޭދަކުރެއެވެ. ހަމައެއާއިއެކު %0.2 ފަތުރުވެރިން ހޭދަކުރަނީ ރާއްޖޭ އެތެރެވެފައިވާ ބޭރުގެ އުޅަނދު ފަހަރުގައެވެ.
ދިވެހިރާއްޖާގައި ފަތުރުވެރިންނާއި ފަތުރުވެރިންނަށް ޚިދުމަތްދޭ ފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ބައެއް ޓެކްތަކާއި ގުޅިގެން ދަނީ އެކިއެކި ގޮތްގޮތުން ކަންބޮޑުވުން ފާޅުކުރަމުންނެވެ.
