Business
Featured
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ މަގު ހުޅުވާލައިފި!
Photo: BML
ތަފްޞީލް
ދިވެހި އުފެއްދުންތެރިންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (MSMEs) ބައިނަލްއަގުވާމީ ބާޒާރުގައި މުދަލާއި ހިދުމަތް ވިއްކައި، ދުނިޔޭގެ ކޮންމެ ތަނަކުންވެސް ސީދާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުވާލައިފިއެވެ.
މި ހިދުމަތަކީ އިކޮނޮމިކް މިނިސްޓްރީއާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާ ގުޅިގެން، ރާއްޖެއިން ބޭރަށް މުދަލާއި ހިދުމަތް ފޯރުކޮށްދޭ ވިޔަފާރިތަކަށް ބޭރު ފައިސާ ލިބޭނެ މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ފެށި މަސައްކަތެކެވެ.
ހިދުމަތުގެ މުހިންމު ތަފްސީލުތައް:
- ޑޮލަރުން ފައިސާ ބަލައިގަތުން: ބީއެމްއެލްގެ 3D ސެކިއުރިޓީ އޮންލައިން ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް، ދުނިޔޭގެ ކޮންމެ ގައުމެއްގެ ކަސްޓަމަރެއްގެ އަތުންވެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެއެވެ.
- ޔޫއެސްޑީ ޑެބިޓް ކާޑު: ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ލިބޭ ޑޮލަރު ޖަމާވާ އެކައުންޓަށް ދޫކުރެވޭ ޔޫއެސްޑީ ޑެބިޓް ކާޑު ބޭނުންކޮށްގެން، ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ސަބްސްކްރިޕްޝަންތަކަށާއި އެހެނިހެން ޚަރަދުތަކަށް އެއްވެސް ދަތިކަމެއް ނެތި ސީދާ ޑޮލަރުން ފައިސާ ދެއްކޭނެއެވެ.
- އެޕްލިކޭޝަން ހުށަހެޅުން: މި ހިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގެ ޕޯޓަލް މެދުވެރިކޮށެވެ.
ހިދުމަތް ހޯދުމުގެ މަރުހަލާތައް:
- ރެޖިސްޓްރޭޝަން: ވިޔަފާރިތަކުން އެންމެ ފުރަތަމަ ބީސީސީ ޕޯޓަލް މެދުވެރިކޮށް ހިދުމަތަށް އެދި ހުށަހަޅާނީއެވެ.
- ވެރިފިކޭޝަން: ބީސީސީ މެދުވެރިކޮށް ރިފަރަލް ލިބުމުން، ބީއެމްއެލްއިން އެ ވިޔަފާރިއަކާ ގުޅައި ބޭނުންވާ ލިޔެކިޔުންތައް ހޯދުމާއި ރަޖިސްޓްރީ ކުރުމުގެ މަރުހަލާ ކުރިއަށްގެންދާނެއެވެ.
- ލިންކް ކުރުން: ރަޖިސްޓްރޭޝަން މަރުހަލާ ނިމުމުން، ކަސްޓަމަރުގެ އެކައުންޓާއި ޕޭމަންޓް ގޭޓްވޭ ގުޅުވާލަދީ (ލިންކްކޮށްދީ) ހިދުމަތް ބޭނުންކުރެވޭގޮތް ހަދައިދޭނެއެވެ.
މި އިންތިޒާމުގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ އުފެއްދުންތެރިންނަށް ބައިނަލްއަގުވާމީ މާކެޓްތަކުގައި ވިޔަފާރި ފުޅާކުރުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ބޭންކް އޮފް މޯލްޑިވްސް އަށް ފައިސާ ނުދައްކައިގެން ރީކޯ މޫސާމަނިކުގެ ރައްތައް ވިއްކާލަނީ
Ahmed Naseer Today 9 hours ago 2 0
ޒުވާން ވިޔަފާރިވެރިންނަށް ޚާއްޞަ ފައިނޭންސިންގ ސްކީމުގެ ދެވަނަ ފިޔަވަހީގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި!
Ismail Yesterday 1 0
އަގު ނޭނގޭ 'ސަޕްރައިޒް' ވިޔަފާރި ނިމުމަކަށް: މުދަލުގައި އަގު ނުޖަހައިގެން 17 ފިހާރައަކަށް އިކޮނޮމިކް މިނިސްޓްރީން 'ރެޑް ކާޑު' ދީފި!
Aminath Oct 28, 2026 0 0

