News Featured

ދިވެހިރާއްޖެ އާއި ކްރޮއޭޝިޔާ އާއި ދެމެދު ސިޔާސީ މަޝްވަރާތަކަށް އެމްއޯޔޫ އެއްގައި ސޮއިކޮށްފި

Advertisement
ދިވެހިރާއްޖެ އާއި ކްރޮއޭޝިޔާ އާއި ދެމެދު ސިޔާސީ މަޝްވަރާތަކަށް އެމްއޯޔޫ އެއްގައި ސޮއިކޮށްފި
ތަފްޞީލް

ދިވެހިރާއްޖެ އާއި ކްރޮއޭޝިޔާ ދެމެދުގެ ސިޔާސީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ބައިނަލްއަޤްވާމީ ގުޅުންތަކުގައި އެއްބާރުލުން ދިނުމަށް އެމްއޯޔޫ އެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވީ އދ.ގެ 81 ވަނަ އާންމު ޖަލްސާގެ ނިއުޔޯކްގައި ބޭއްވި މަތީ ފެންވަރުގެ ބައްދަލުވުންތަކުގެ ހަވާސާގައެވެ.

ދިވެހިރާއްޖޭގެ ފަރާތުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އެ އެއްބަސްވުމުގައި ސޮއިކުރެއްވިއިރު، ކްރޮއޭޝިޔާގެ ފަރާތުން ސޮއިކުރެއްވީ ގޯޑަން ގްރިލިޗް-ރެޑްމަން އެވެ. މި ރަސްމިއްޔާތު ބޭއްވުނީ ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ބައްދަލެ ކުރެއްވި މަޝްވަރާތަކަށް ފަހުގައެވެ.

މި އެމްއޯޔޫގެ މަޤްޞަދަކީ ދެ ޤައުމަށް މުހިންމު ދާއިރާތަކުގައި އާދައިގެ ސިޔާސީ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެއްސުމާއި އެކު ދިވެހިރާއްޖެ އާއި ކްރޯއީޝިއާ ދެމެދުގެ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމެވެ.

އަދި މި އެއްބަސްވުން ސޮއިކުރުމަކީ ދެ ޤައުމު ދެމެދުގައިވާ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް އެޅުނު ވަރުގަދަ ފިޔަވަޅެއްކަން ފާހަގަ ކުރެވެއެވެ.


Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް