ދިވެހިރާއްޖެ އާއި ކެންޔާ އާ ދެމެދު ސިޔާސީ ގުޅުން ބަދަހިކުރަން އެއްބަސްވެއްޖެ
ދިވެހިރާއްޖެ އާއި ކެންޔާއާ ދެމެދު ސިޔާސީ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހި ކުރުމުގެގޮތުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން އިއްޔެގެ ވަގުތެއްގައެވެ.
އެމެރިކާގެ ނިއުޔޯކްގައި ސޮއިކުރި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމެވެ. ކެންޔާގެ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުގެ ޕްރައިމް ކެބިނެޓް ސެކްރެޓަރީ އަދި ކެބިނެޓް ސެކްރެޓަރީ ފޯ ފޯރިންގ އެންޑް ޑަޔަސްޕޯރާ އެފެއާސް ޑރ. މުސާލިއާ މުޑަވަޑީއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ފޮރިން މިނިސްޓްރީން ގަވައިދުން މަޝްވަރާތައް ބާއްވައި، ދެ ގައުމަށްވެސް މުހިންމު ވާ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މަގުފަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ހާމަ ކުރެއެވެ.
ރާއްޖެއާއި ކެންޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1995 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

