ދިވެހިރާއްޖެ އާއި ބެލަރޫސް އާއި ދެމެދު ވީޒާ ނެތި ދަތުރުކުރުމަށް އެއްބަސްވުމެއް
އދ.ގެ 81 ވަނަ އާންމު ޖަލްސާގެ ހައި ލެވެލް ވީކްގެ ހަވާސާގައި، ދިވެހިރާއްޖެ އާއި ބެލަރޫސް ދެމެދު ވީޒާ ނުނަގާ ދަތުރުކުރުމަށް ފުރުސަތު ދޭ އެއްބަސްވުމެއް ސޮއިކުރެވިއްޖެއެވެ۔
މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ސޮއިކުރެއްވިއިރު، ބެލަރޫސްގެ ފަރާތުން ސޮއިކުރެއްވީ ބެލަރޫސްގެ ޚާރިޖީވަޒީރު މެކްސިމް ރަޒެންކޯވް އެވެ.
މި އެއްބަސްވުމުން ދެ ޤައުމުގެ ރައްޔިތުންނަށް ވީޒާ ނުނަގާ ދަތުރަކު 30 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ދެޤައުމަށް ދަތުރުކުރެވޭނެއެވެ. އަދި އަހަރަކު ގިނަވެގެން ޖުމްލަ 90 ދުވަހުގެ ދަތުރު ކުރެވޭނެއެވެ.
އެއްބަސްވުން ސޮއިކުރުމުގެ ރަސްމިއްޔާތުގެ ފަހުން، އިރުތިޝާމް އާދަމް ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރުމަށް ބެލެރޫސް އިން ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. މި އެއްބަސްވުމާއެކު ދެ ޤައުމު ދެމެދުގެ ގުޅުންތައް އިތުރަށް ކުރިއަރައިގެން ދާނެކަމަށް އުންމީދު ކުރައްވައިފިއެވެ.
މި އެއްބަސްވުމަކީ ދިވެހިރާއްޖެ އާއި ބެލަރޫސް ދެމެދުގެ ދިޕްލޮމެޓިކް އަދި އިޤްތިޞާދީ ގުޅުން އިތުރު ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
