Sports Featured

ދިރާގު ދިވެހި ލީގު: ދިއްދޫ - ނިއުރޭޑިއަންޓް ބައްދަލުކުރާ މެޗަށް ނިއުގެ ޓީމް ދިއްދުއަށް

Advertisement
ދިރާގު ދިވެހި ލީގު:  ދިއްދޫ - ނިއުރޭޑިއަންޓް  ބައްދަލުކުރާ މެޗަށް ނިއުގެ ޓީމް ދިއްދުއަށް
ފޮޓޯ: މިހާރު
ތަފްޞީލް

ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި، ހއ. ދިއްދޫގައި ކުޅޭ ފުރަތަމަ މެޗަށް ނިއު ރޭޑިއަންޓް ރޭ ދިއްދުއަށް ދިއުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.


ދިއްދޫ އާއި ނިއުގެ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ދިއްދޫ ސްޓޭޑިއަމުގަ އެވެ. މިއީ ހޯމް އެންޑް އަވޭ އުސޫލުން މި ސީޒަނުން ފެށިގެން ލީގު ބާއްވަން ފަށައި، މާލޭން އުތުރުގައި ކުޅޭ ފުރަތަމަ މެޗެވެ. ދިއްދޫ ސްޕޯޓްސްގެ ރައީސް މޫސާ ނަސީރު ވިދާޅުވީ މި މުބާރާތާ އެކު ވަކިން ހާއްސަކޮށް މި މެޗާ ގުޅިގެން އެ ރަށަށްވަނީ އީދެއް އައިސްފައި ކަމަށާއި "މުޅި ރަށްވަނީ ޒީނަތްތެރިކޮށް، ދިދަޖަހައި، ގިޑިގެތައް ތައްޔާރުކޮށްފައިކަމަށް އޭނާ ވިދާޅުވިއެވެ.


ރޭ ނިއު ޓީމަށް މަރުހަބާ ކިޔަން ގިނައަދަދެއްގެ ރައްޔިތުން ބަނދަރަށް އެއްވި އެވެ. އަދި ދަރިވަރުންގެ މަރުހަބާގެ އައިޓަމެއް ހުށަހެޅި އެވެ. ދިއްދޫގެ ޒުވާނުން ވަނީ ކުޅުންތެރިންނާ އެކު، ހާއްސަކޮށް ނިއުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާ އެކު ފޮޓޯ ނަގައިފަ އެވެ.


މޫސަ ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ މެޗުތައް އެ ރަށުގައި ބޭއްވުމަކީ ލިބޭ ފަހުރެއް ކަމަށާއި، އެހެންވެ އެ ރަށަށް އަންނަ ކޮންމެ ޓީމަކަށް ވެސް ހޫނު މަރުހަބާއެއް ކިޔާނެ ކަމަށެވެ. ނަމަވެސް، ދިއްދޫގައި ގިނަ ބަޔަކު ނިއު އަށް ސަޕޯޓްކުރާތީ އެ ޓީމު އައުން ވަކިން ހާއްސަވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.


ނިއު ރޭޑިއަންޓް ވީމާ އަންނަ ފޯރި ބޮޑު ވާނެ. ރަށުގައި އެންމެ ގިނަ ވާނީ ނިއުގެ ސަޕޯޓަރުން. މި ރަށުގައި ތިބޭ ނިއުގެ ސަޕޯޓަރުން ވެސް އަންނަނީ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވަމުން،"

އަނެއްކޮޅުން، ދިއްދޫ ޓީމަށް ސަޕޯޓްކުރުމަށް ބޮޑުތިލަންދުންމަތީގެ ގިނަ ރަށްރަށުން މީހުން އަންނާނެ ކަމަށް މޫސަ ވިދާޅުވި އެވެ.


އަތޮޅުތެރޭގައި މި ލީގުގެ މެޗެއް ކުޅުނުނަމަވެސް ހޮނިހިރު ދުވަހު ދިއްދޫގައި ކުޅެވެނީ މާލޭގެ މަސްހޫރު ޓީމަކާ އަތޮޅުތެރޭގެ ޓީމަކާއެވެ. އެހެންކަމުން މުޅި ދިއްދޫ އެއްކޮށް ދިއްދޫ ޓީމަށް ސަޕޯޓްކުމަކީ ވަރަށް މުހިންމު ކަމެކެވެ.  "އަޅުގަނޑުމެން މި ތަމްސީލުކުރަނީ މުޅި ބޮޑުތިލަދުންމަތި،" މޫސަ ވިދާޅުވި އެވެ.


މިމެޗް ބައްލަވާ ލެއްވުމަށް ނިއުގެ ކުރީގެ މަސްހޫރު ކުޅުންތެރިންނާއި އެފް އޭ އެމްގެ ކުރީގެ ޗެއަރމަން އިބްރާހީމް އިސްމާއީލްވެސް ދިއްދުއަށް ވަޑައި ގެންނެވުމަށްވަނީ ހަމަޖެހިފައެވެ. 



Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް