ދެ ސައިކަލެއްޖެހި އެކްސިޑެންޓެއް؛އެއް ސައިކަލް ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް
މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ރޭ ދެ ސައިކަލު ޖެހި، ދިވެހި ޒުވާނަކަށް އަނިޔާވެއްޖެއެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ އެއް ސައިކަލު ދުއްވަން އިން އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކަށްކަމަށް ފުލުހުން ބުނެފައި ވެއެވެ. ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
ރޭގެ 21:14 ހާއިރު މަޢުލޫމާތު ލިބިފައިވާ މި އެކްސިޑެންޓުގައި ހިމެނޭ އަނެއް ސައިކަލު ދުއްވާފައިވަނީ ބަންގްލަދޭޝް. ފިރިހެނެއް ކަމަށާއި، އޭނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މާލޭ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް އެންމެ ގިނައިން ހިނގަމުން އަންނަނީ މާލެއާއި ހުޅުމާލޭގައެވެ. މިގޮތުން ސިނަމާލޭ ބްރިޖްގައި ހިނގާ އެކްސިޑެންޓާއެކު ދުވާލަކަށް އެވްރެޖްކޮށް 7 އެކްސިޑެންޓް ހިނގާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
