Ad #82027 Registration Open!Robotics · Python · AI · Design & 3D · Digital marketing
  • Robotics for kids & teens
  • Python programming
  • Artificial intelligence
  • Design, 3D & multimedia
☎ 777 4147Register now →
News Featured

ދަތް ނެގިތާ ކުޑައިރުކޮޅެއް ފަހުން އަންހެނަކު މަރުވި މައްސަލައިގައި އޮރަކެއާ ޑެންޓަލް ކްލިނިކުގެ އިހުމާލުތަކެއް ހުރިކަން ހެލްތު މިނިސްޓްރީގެ ރިވިއުއިން ހާމަވެއްޖެ

ދަތް ނެގިތާ ކުޑައިރުކޮޅެއް ފަހުން އަންހެނަކު މަރުވި މައްސަލައިގައި އޮރަކެއާ ޑެންޓަލް ކްލިނިކުގެ އިހުމާލުތަކެއް ހުރިކަން ހެލްތު މިނިސްޓްރީގެ ރިވިއުއިން ހާމަވެއްޖެ
Photo: Medica Maldives
ތަފްޞީލް

 ހުޅުމާލޭގައި ހިންގާ އޮރަކެއާ ޑެންޓަލް ކްލިނިކުން ތިން ދަތް ނެގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އުމުރުން 60 އަހަރުގެ އަންހެނަކު މަރުވި ހާދިސާއާ ގުޅިގެން، އެ ކްލިނިކުން އަމަލުކޮށްފައިވާ ގޮތުގައި ސީރިއަސް އިހުމާލުތަކެއް ހުރިކަން ހެލްތު މިނިސްޓްރީން ކުރިއަށްގެންދިޔަ ތަހުގީގު ރިވިއުއިން ފާހަގަކުރެވިއްޖެ އެވެ.


މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އެ ކްލިނިކުން ތިން ދަތް އުފުރުމަށްފަހު މާގިނައިރުތަކެއް ނުވެ ނިޔާވެފައިވަނީ ސ. ހިތަދޫ، ހަދީޖާ ސަލީމް އެވެ. ހެލްތު މިނިސްޓްރީގެ ރިވިއުގައި ބުނެފައިވާ ގޮތުގައި، ދަތް ނެގުމުގެ ޕްރޮސީޖާއާއި ހަދީޖާގެ މަރާ ސީދާ ގުޅުމެއް އޮތްކަން ސާބިތުކޮށްދޭނެ އެކަށީގެންވާ ހެއްކެއް ނެތް ނަމަވެސް، ބަލިމީހާއަށް ފަރުވާ ދިނުމުގައާއި ސަލާމަތީ މިންގަނޑުތައް ހިފެހެއްޓުމުގައި ކްލިނިކުން ވަނީ ބޮޑެތި ފަރުވާކުޑަކުރުންތަކެއް ދައްކާފަ އެވެ.


ބަލިމީހާގެ ސިއްހީ ހާލަތު ހުރި ނުރައްކާތެރި މިންވަރު

މިނިސްޓްރީގެ ރިވިއުއިން ހާމަވި ގޮތުގައި، ހަދީޖާއަކީ ދާއިމީ ބޮޑެތި ބަލިތަކަކަށް ފަރުވާ ހޯދަމުންދިޔަ މީހެކެވެ. އޭގެ ތެރޭގައި ކޮންޓްރޯލް ނުކުރެވި ހުރި ހަކުރު ބަލި، ލޭގައި ކޮލެސްޓްރޯލް މަތިވުން، އަދި ތައިރޮއިޑްގެ މައްސަލަތައް ހިމެނެ އެވެ. ސިއްހީ އިދާރާތަކުން ފާހަގަކުރި ގޮތުގައި، މިފަދަ ސިއްހީ މައްސަލަތައް ހުރުމުގެ ސަބަބުން އޭނާއަކީ ކުއްލިއަކަށް ހިތް ހުއްޓުން ފަދަ ފުރާނައަށް ނުރައްކާތެރި ހާލަތެއް މެދުވެރިވުމުގެ ފުރުސަތު ނުހަނު ބޮޑު މީހެކެވެ.


ފަރުވާ ދިނުމުގެ ކުރިން ހެދިފައިވާ އިހުމާލުތައް

ރިވިއު ރިޕޯޓުގައިވާ ގޮތުން، ހަދީޖާ ކްލިނިކަށް ދިޔުމުން ކޮންސަލްޓޭޝަން ވަގުތުގައި އޭނާ ބޭނުންކުރާ ބޭސް ސިޓީތަކާއި، ކުރީގެ މެޑިކަލް ހިސްޓްރީ ކްލިނިކުން ރެކޯޑުކޮށްފައެއް ނުވެ އެވެ.


ނަމަވެސް، ތަހުގީގަށް މައުލޫމާތު ދެމުން ފަރުވާދިން ޑޮކްޓަރު ބުނެފައިވަނީ "ވިނަވި" ޕޯޓަލް މެދުވެރިކޮށް ހަދީޖާގެ މެޑިކަލް ރެކޯޑުތައް ބެލި ކަމަށާއި، އޭނާގެ ކިބައިގައި ހަކުރު ބައްޔާއި، ތައިރޮއިޑް އަދި ކޮލެސްޓްރޯލް މައްސަލަ ހުރިކަން އެނގުނު ކަމަށެވެ. އަދި އެންމެ ފަހުގެ ލޭގެ ތަހުލީލުތަކުން އޭނާގެ ހަކުރު ބަލި ހުރީ ކޮންޓްރޯލް ނުކުރެވިކަންވެސް ޑޮކްޓަރަށް އެނގިފައިވެ އެވެ. މިކަންކަން އެނގިހުރެވެސް ކްލިނިކުން ވަނީ އަންނަނިވި ކަންކަމުގައި އިހުމާލުވެފަ އެވެ:

  • ރިސްކުތައް ނޯޓު ނުކުރުން: ބަލިމީހާގެ ސިއްހީ ހާލަތާ ގުޅިގެން ދިމާވެދާނެ ނުރައްކާތައް ލިޔުމުން ފައިލުގައި ނޯޓުކޮށްފައެއް ނުވެ އެވެ.
  • ފިޒީޝަނެއްގެ ލަފާ ނުހޯދުން: ބަލިމީހާގެ ހާލަތު ނާޒުކުކޮށް އޮތްއިރުވެސް، ދަތް ނެގުމުގެ ކުރިން އެކަމަށް އެންމެ ރައްކާތެރި ގޮތް ބެލުމަށް ފިޒީޝަނެއްގެ ލަފާ ހޯދާފައެއް ނުވެ އެވެ.
  • ވައިޓަލްސް އަދި ހަކުރު ނުބެލުން: ޕްރޮސީޖާ ފެށުމުގެ ކުރިން ބަލިމީހާގެ ވައިޓަލް ސައިންސް ބަލައި ރެކޯޑުކޮށްފައެއް ނުވެ އެވެ. އަދި އޭރު ލޭގައި ހަކުރު ހުރި މިންވަރުވެސް ޗެކްކޮށްފައެއް ނުވެ އެވެ.


ފަރުވާ ފަސްކުރަން ލަފާދިނުމާއި، ލިޔުމުން ރުހުން ނުހޯދުން

ހަދީޖާ އޮރަކެއާއަށް ރިފާކޮށްފައިވަނީ އަމިއްލަ ހޮސްޕިޓަލަކުންނެވެ. އެ ހޮސްޕިޓަލުން އޭނާއަށް ދީފައިވާ އައްސިކުރާ ބޭހުގެ މިންވަރު އެނގެން ނެތުމާއި، ބަލިމީހާގެ ކަންބޮޑުވުމާއި ހާސްކަން ހުރި މިންވަރަށް ބެލުމަށްފަހު، އެ ދުވަހު ދަތް ނުނަގައި ޖެހިގެން އައި ދުވަހަށް ފަރުވާ ފަސްކުރަން ޑޮކްޓަރު އެދުނެވެ. އެހެންނަމަވެސް އާއިލާއިން އެދުނީ ވަގުތުން ފަރުވާ ކުރިއަށް ގެންދިޔުމަށެވެ.


ދަތުގައި އިންފެކްޝަން އުފެދި އާދަޔާ ހިލާފަށް ގަދަ ރިހުމެއް ހުރުމާއެކު، އައްސިކޮށްގެން ދަތް ނެގުމަކީ އާންމުކޮށް ކުރެވޭ އާދައިގެ ޕްރޮސީޖާއަކަށްވާތީ ޑޮކްޓަރު ވަނީ ދަތް ނަގާފަ އެވެ.

ނަމަވެސް، ހެލްތު މިނިސްޓްރީން ފާހަގަކުރި ގޮތުގައި ސިއްހީ ހިދުމަތް ދޭ ތަންތަން ހިންގުމާ ބެހޭ ގަވާއިދުގެ ދަށުން، އައްސިކޮށްގެން އެއްވެސް ފަރުވާއެއް ދޭނަމަ ބަލިމީހާގެ ރުހުން ލިޔުމުން ހޯދުމަކީ ލާޒިމު ކަމެކެވެ. އެހެންނަމަވެސް އޮރަކެއާއިން އެ ލިޔުން ހޯދާފައި ނުވާކަން ރިވިއުއިން ވަނީ ހާމަވެފަ އެވެ.


ފަރުވާއަށްފަހު މޮނިޓަރ ނުކުރުން

މިނިސްޓްރީގެ ރިވިއުގައި ނިންމާފައިވަނީ ދަތް އުފުރުމުގެ އަމަލީ މަސައްކަތް ކޮށްފައިވަނީ އާންމު މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އެހެންނަމަވެސް، ތިން ދަތް ނެގުމަށްފަހު ބަލިމީހާ ކްލިނިކުން ދޫކޮށްލުމުގެ ކުރިން، އޭނާގެ ސިއްހީ ހާލަތު ރަނގަޅުކަން ކަށަވަރުކުރުމަށްޓަކައި ވައިޓަލް ސައިންސް ބަލައި، މޮނިޓަރިން ރެކޯޑުތައް ނޯޓުކޮށްފައި ނުވާކަން މިނިސްޓްރީން ވަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9Find anything. Sell everything.Maldives' free marketplace: cars, phones, property, jobs
  • Post your ad free
  • Cars, phones & property
  • Jobs & services
  • Every island, every atoll
☎ 757 5609Post your ad free →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all