World Featured

ބްރިކްސް ފައިސާ ތަޢާރަފް ކުރުމުގެ އަމާޒު ހިފައިފި

Advertisement
ބްރިކްސް ފައިސާ ތަޢާރަފް ކުރުމުގެ އަމާޒު ހިފައިފި
ތަފްޞީލް

ދުޔިޔޭގެ މާލީ މުޅި ނިޒާމު އެންމެ ކަރަސީއަކަށް ބަރޯސާވުން ނިމުމަކަށް ގެނައުމަށާއި ޤައުމުތަކަށް އަޅަމުންދާ އިޤްތިޞާދީ އަދި ސިޔާސީ ދަތިކުރުންތަކުގެ އަސަރު ކުޑަކުރުމަށާއި ދުނިޔޭގެ ވިޔަފާރި ބާޒާރު އެމެރިކާ ޑޮލަރަށް އެކަނި ބަރޯސާވެފައިވުން ކުޑަކުރުމަށް ނުވަތަ ނިމުމަކަށް ގެނައުމަށް ބްރިކްސް ޤައުމުތަކުގެ ވެރިން މަޝްވަރާކޮށް އެއްބަސްވެއްޖެއެވެ.

 

އިންޑިއާގައި ބޭއްވި ބްރިކްސް ލީޑަރުންގެ ބައްދަލުވުމަށްފަހު ބްރިކްސް ގައި ހިމެނޭ ޤައުމުތަކުގެ މަރުކަޒީ ބޭންކްތަކުގެ ވެރިންނާއި އެޤައުމު ތަކުގެ މާލީ ވަޒީރުން ބޭއްވި ބައްދަލުވުމަށްފަހު ނެރުނު ބަޔާނުގައި ވާގޮތުން ބްރިކްސް ފައިސާ އެއް ތަޢާރަފް ކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ބުނެފައި ވެއެވެ. ނުވަތަ ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ބްރިކްސްގައި ހިމެނޭ ޤައުމުތަކުން އެޤައުމު ތަކުގެ ފައިސާއިން ވިޔަފާރި ކުރުން އިތުރު ކުރުމަށް ކަނޑައަޅާފައިވެއެވެ.

 

އިންޑިއާގައި ބޭއްވި ބްރިކްސްގެ ގައުމުތަކުގެ ވެރިންގެ ބައްދަލުވުމުގައި ކްރޮސް ބޯޑަރ ޕޭމަންޓް ސިސްޓަމް ފެށުމަށާއި އެމަސައްކަތްތައް ވިލަރެސްކޮށް ކުރިއަށް ގެންދިއުމަށް ބްރިކްސް ޕޭމަންޓް ޓާސްކް ފޯސްގެ ނަމުގައި ޓާސްކްފޯސް އެއްވެސް އުއްފެއްދުމަށް ނިންމާފައެވެ. މިއާއިއެކު ޤައުމު ތަކުގެ ތަރައްޤީއަށް ކުރަމުން އަންނަ މަސައްކަތްތަކުގައި ބްރިކްސް ބޭންކް "ނިއު ޑިވެލޮޕްމަންޓް ބޭންކް" (އެންޑީބީ)ގެ މުޢާމަތްތައް އިތުރު ކުރުމަށްވެސް ވަނީ ނިންމާފައެވެ.

 

ބްރިކްސްގެ ފައުންޑިން މެންބަރު ގައުމުތަކަކީ، ބްރެޒިލް، ރަޝިއާ، އިންޑިއާ އަދި ޗައިނާ އެވެ. ބްރިކްސް އުފެދުމަށްފަހު ޤައުމުތަކުން އަންނަނީ ބްރިކްސްގައި ބައިވެރި ވުމަށް ހުށަހަޅަމުންނެވެ. ބްރިކްސްގެ ފައުންޑިންގ 4 ޤައުމުގެ އިތުރުން ބްރިކްސްގެ ފުރިހަމަ މެންބަރުކަން ލިބިފައިވާ ޤައުމު ތަކަކީ އިންޑޮނޭޝިއާ، އީރާން، މިސްރު، ސައުދީ އަރަބިއްޔާ، ސައުތު އެފްރިކާ އަދި އެކުވެރި ޢަރަބި ޢިމާރާތެވެ. 

Topics:
Share this article: Facebook Twitter WhatsApp
Related Articles