Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ބީއެމްއެލް ލޯނުތަކަށް އެދެވޭ އުމުރުފުރާ 75 އަހަރަށް ނުވަތަ އެއަށްވުރެ މައްޗަށް ބަދަލުކޮށްދިނުމަށް ރައީސް އެދިވަޑައިގެންފި

ބީއެމްއެލް ލޯނުތަކަށް އެދެވޭ އުމުރުފުރާ 75 އަހަރަށް ނުވަތަ އެއަށްވުރެ މައްޗަށް ބަދަލުކޮށްދިނުމަށް ރައީސް އެދިވަޑައިގެންފި
Photo: President's Office
ތަފްޞީލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ދޫކުރާ ލޯނުތަކަށް އެދި ހުށަހެޅޭ އެންމެ މަތީ އުމުރަކީ 75 އަހަރު ނުވަތަ އެއަށްވުރެ މަތީ އުމުރެއް ކަމުގައި ހަމަޖައްސައިދިނުމަށް ބޭންކަށާއި ފިނޭންސް މިނިސްޓްރީގައި އެދިވަޑައިގެންފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.


ރައީސް މިފަދައިން ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި އުމުރުން ދުވަސްވީ ރައްޔިތަކު ހުށަހެޅި ކަންބޮޑުވުމަކަށް ޖަވާބުދެއްވަމުންނެވެ.


އެ ޕްރޮގްރާމުގައި ވާހަކަދެއްކި އާންމު ރައްޔިތުމީހާ ފާހަގަކުރި ގޮތުގައި، އޭނާގެ އަމިއްލަ ބިމުގައި ގެދޮރު އިމާރާތްކުރުމަށް ލޯނެއް ހޯދަން މަސައްކަތްކުރި ނަމަވެސް، ބޭންކުތަކުން ކަނޑައަޅާފައިވާ އުމުރުން 60 އަހަރުގެ ހައްދަށްވުރެ އޭނާގެ އުމުރު މަތިވުމުގެ ސަބަބުން ލޯނު ލިބޭގޮތް ވަނީ ނުވެފައެވެ. މީގެ އިތުރުން، ދަރިންގެ ކިޔެވުމަށާއި އެހެނިހެން ބޭނުންތަކަށް މިހާރުވެސް ލޯނުތަކެއް ނަގާފައި ހުރުމުން، ދަރިންގެ ނަމުގައި ލޯނެއް ނަގައިގެންވެސް އެ މަސައްކަތް ކުރިއަށް ގެންދެވެން ނެތްކަމަށް އޭނާ ބުންޏެވެ.

އެހެންކަމުން، ލޯނު ނަގައިގެން 10 ބުރީގެ އިމާރާތެއް އެޅުމުން އެ ތަނުގެ މާލީ އަގު ހުންނާނެތީ، ލޯނު އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައި އެ އިމާރާތް ނުވަތަ މުދާ ބޭންކަށް ނެގޭނެ އުސޫލެއްގެ ދަށުން ނަމަވެސް، އުމުރުން ދުވަސްވީ މީހުންނަށް ލޯނު ލިބޭނެ މަގު ފަހިކޮށްދިނުމަށް އޭނާ ވަނީ ރައީސްގެ އަރިހުގައި އެދިފައެވެ.


މި ޝަކުވާތައް އަޑުއެއްސެވުމަށްފަހު ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ކުރީގައި ދިވެހިންގެ އެވްރެޖް އުމުރު އުޅުނީ ގާތްގަނޑަކަށް 60 އަހަރުގައި ނަމަވެސް، މިހާރު ދިވެހިންގެ އެވްރެޖް އުމުރު 80 އަހަރާ ގާތްކޮށްފައިވާ ކަމަށެވެ. އެހެންކަމުން، މިހާރުގެ ހާލަތަށް ބަލާއިރު ބީއެމްއެލް އިން ލޯނު ދޫކުރުމުގައި ގެންގުޅޭ 60 އަހަރުގެ އުމުރުފުރާގެ މިންގަނޑަކީ އެންމެ އެކަށީގެންވާ އުސޫލެއް ނޫންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.


ރައީސް ވިދާޅުވި ގޮތުގައި، ލޯނު ދޫކުރާ އުމުރުގެ ހައްދު 65 އަހަރަށް ނުވަތަ 75 އަހަރާއި އެއަށްވުރެ މައްޗަށް ބަދަލުކޮށްދިނުމަށް ބީއެމްއެލްއާއި ކަމާބެހޭ ވުޒާރާ ކަމަށްވާ ފިނޭންސް މިނިސްޓްރީއަށް މިހާރު ވާނީ ހުށަހަޅުއްވާފައެވެ.


މި މައްސަލައާ ގުޅިގެން މިހާރުވެސް ބައެއް ހެޔޮ ބަދަލުތައް އައިސްފައި ހުރުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކުރައްވަމުން، ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށްގެން މިކަމަށް އެދެވޭ ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9Find anything. Sell everything.Maldives' free marketplace: cars, phones, property, jobs
  • Post your ad free
  • Cars, phones & property
  • Jobs & services
  • Every island, every atoll
☎ 757 5609Post your ad free →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all