Social Featured

ށ. ނޫމަރާގައި ތަރައްގީކުރި ޒިޔާރަތް ބީޗު ހުޅުވައިފި

Advertisement
ށ. ނޫމަރާގައި ތަރައްގީކުރި ޒިޔާރަތް ބީޗު ހުޅުވައިފި
ފޮޓޯ:ތިލަދުން
ތަފްޞީލް

ށ. ނޫމަރާގައި އަލަށް ތަރައްޤީކުރި "ޒިޔާރަތު ބީޗު" އާންމުންނަށް ހުޅުވާލައިފިއެވެ.


ނޫމަރާ ކައުންސިލްގެ ރައީސް އިބްރާހީމް ފުއާދު ވިދާޅުވީ ބީޗު ހެދުމުގެ މަސައްކަތަކީ، ރަށުގެ އާންމު ފަރާތްތަކަކުން ކޮށްދެއްވި އަގުހުރި މަސައްކަތެއް ކަމަށެވެ. މި ބީޗް ހެދުމަށް ބޭނުންވާ ބައެއް ތަކެތި ކައުންސިލުން ފޯރުކޮށްދިން ނަމަވެސް، މި ބީޗު މިހާ ފުރިހަމަވެފައި ވަނީ އެ ފަރާތްތަކުން ކޮށްދެއްވި މިންނެތް މަސައްކަތުން ކަމަށެވެ.


ނޫމަރާ އިރުމަތީ ފަރާތުގައި ތަރައްގީކުރި މި ބީޗު ނިންމައި، ރަސްމީކޮށް ކައުންސިލާ ޙަވާލުކޮށްފައި ވަނީ މިހިނގާ އޮކްޓޫބަރު 05 ވީ  ހޯމަދުވަހުއެވެ. ޕިކްނިކް އޭރިއާއެއް ހިމެނޭގޮތަށް ތަރައްޤީ ކޮށްފައިވާ މި ބީޗަކީ، ހިތްހަމަޖައްސާލުމަށްވެސް އެކަށީގެންވާ ހިތްފަސޭހަ މާޙައުލެކެވެ.


މި ބީޗު ހުޅުވުމުގެ ރަސްމިއްޔާތުގައި ރަށުގެ ރައްޔިތުން ބައިވެރިވެފައިވާއިރު، މިހާރު ވެސް މި ކަމަށް އާންމުންގެ ފަރާތުން އަންނަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންކަމަށް ނޫމަރާ ކައުންސިލުން ބުނެއެވެ. 


އާންމުކޮށް ކޮންމެ ވަގުތެއްގައި ވެސް "ޒިޔާރަތު ބީޗު" ބޭނުން ކުރެވޭ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް،  ވަކި ދުވަހެއްގެ ވަކި ގަޑިއަކަށް މުޅި ސަރަޙައްދު ބޭނުންވާ ނަމަ، ދުރާލައި ކައުންސިލަށް އެންގުމުން އެ ފަރާތަކަށް، ޚާއްޞަކޮށްގެން  ބީޗު ބޭނުން ކުރެވޭނެ އިންތިޒާމް ކައުންސިލުން ހަމަޖައްސައިދޭނެކަމަށް ނޫމަރާ ކައުންސިލުން ބުނެއެވެ. 


މިފަދައިން ވަކި ފަރާތަކަށް ޚާއްޞަކޮށްގެން ބީޗު ބޭނުން ކުރުމުގެ ފުރުޞަތު ހަމަޖައްސައިދެނީ އެއްވެސް އަގަކާ ނުލައި ހިލޭ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.


ރައްޔިތުންގެ ހިތްހަމަޖެހުމަށް ތަރައްގީކުރެވޭ މިފަދަ ތަންތަން ސާފުތާހިރުކޮށް ބޭއްވުމަކީ ވަރަށް މުހިންމު ކަމެކެވެ. ތަނެއް ތަރައްގީކުރުމަށްވުރެ އެތަނެއް ރީތިކޮށް ބެލެހެއްޓުމަކީ ވަރަށްބޮޑު ޒިންމާއެކެވެ.



Share this article: Facebook Twitter WhatsApp
Related Articles