ޤްރުއާން ތިލާވަތު ކުރުމާއި ތަޖުވީދުގެ ހަމަތައް ދަސްކޮށްދޭ ވެބިނާއެއް ހއ.ދިއްދޫ އ.ތ.މ ކޮމިޓީން ހިންގަނީ
ޤްރުއާން ތިލާވަތު ވަ ތަޖުވީދު ވެބިނާރ 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހއ. ދިއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ހުޅުވާލައިފިއެވެ.
ޕުރޮގްރެސްޓު އަ ޤްރުއާނިކް ލައިފްސްޓައިލްގެ ފަރާތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ގުޅިގެން 13 އަހަރުން މަތީގެ އުމުރުފުރާގެ ދެޖިންސުގެ މީހުންނަށް ބައިވެރިވެވޭގޮތަށް 'ޤްރުއާން ތިލާވަތު ވަ ތަޖުވީދު ވެބިނާރ 2026' ބޭއްވުމަށް ހަމަޖެހިފައިކަމަށް ދިއްދޫ އ.ތ.މ ކޮމިޓީން ބުނެފައި ވެއެވެ.
މި ވެބިނާރގެ މަޤުސަދަކީ ކީރިތި ޤުރުއާނުގެ ޢިލްމު ހޯދުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ފަހިކޮށްދިނުން ކަމަށާއި ޤްރުއާނުގެ ތަފާތު ޢިލްމުތަކާއި، ޤްރުއާން ތިލާވަތު، ތަޖުވީދު އަދި ހިފްޒުގެ އާއްމު އެންމެހާ އުސޫލުތައް އުނގަންނައި ދިނުމާއި ޤުރުއާނަށް އަހުލުވެރި ވުމަށް ދިވެހި ގިނަ ދަރިވަރުންތަކަކަށް ބާރުއެޅުމާއިއެކު ކުރިޔަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށްވެސް އެކޮމިޓީން ހަމާކޮށްފައި ވެއެވެ.
މިގޮތުން ހއ.ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ކުރިއަށްގެންދާ މި ވެބިނާރގައި ބައިވެރިވުމަށް ޝައުޤުވެރިވާ ދިއްދޫ ގެ އެންމެހާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާ ކަމަށާއި މި ކްލާހުގައި ބައިވެރި ވުމަށް ބޭނުންވާ ފަރާތްތަކުން ގޫގުލް ފޯމް މެދުވެރިކޮށް ހުށަހެޅުމަށް އެކޮމިޓީން އެދިފައި ވެއެވެ.
ފޯމް ފުރާއިރު ހއ.ދިއްދޫ އ.ތ.މ ކޮމިޓީގެ ނަމުގައި ފޯމް ފުރުމަކީ ކޮމިޓީއަށް ލިބޭނެ ވަރަށްބޮޑު އުފަލެއްކަމަށް ވެސް ކޮމިޓީން ހާމަކުރެއެވެ.
މިވެބިނާގައި ބައިވެރިވާ ބޭފުޅުންނަށް މައުލޫމަތު ދިނުމުގައި ރާއްޖެއިން ބޭރުގެ ޢިލްމީ ޝެއިޚުންވެސް ބައިވެރިވާކަން އެކޮމިޓީން ފާހަގަކޮށްފައި ވެއެވެ.

