News Featured

އަމާން އުދަރެސް ފުލެޓަކުން މީހަކު ވެއްޓި މަރުވެއްޖެ

Advertisement
އަމާން އުދަރެސް ފުލެޓަކުން މީހަކު ވެއްޓި މަރުވެއްޖެ
ފޮޓޯ: ސަން
ތަފްޞީލް

ހުޅުމާލެ ފޭސް ދޭއްގައި ހުންނަ އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ މީހަކު ވެއްޓިފައި ވަނީ އަމާން އުދަރެސް 8 ވަނަ ޓަވަރުން ކަމަށެވެ. އިތުރު ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވެއްޓި މަރުވެފައި ވަނީ ފިރިހެނެކެވެ. އެ މީހާގެ ހަށިގަނޑު ވަރަށް ބޮޑަށް ޒަހަމުވެފައިވާ ކަމަށް އެނގިފައިވެ އެވެ. މައުލޫމާތު ލިބޭގޮތުގައި އެ މީހާ ވެއްޓިފައި ވަނީ އެ ޓަވަރުގެ 15 ވަނަ ފަންގިފިލާއިންނެވެ.

އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެކަމާ ބެހޭ އިތުރު ތަފުސީލު ފަހުން ހާމަކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

މި ފަހަކަށް އައިސް ހުޅުމޭލެ ފޭސް ދޭއްގެ ޓަވަރުތަކުން މީހުން ވެއްޓުމުގެ ހާދިސާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެފަދަ ހާދިސާތައް މަދުކުރުމަށްޓަކައި އަމާން ފްލެޓުތަކުގެ ކުޑަދޮރުތަކުގައި ދަގަނޑު ތޭރި ޖެހުމުގެ މަސައްކަތް އެފްޑީސީން ވަނީ ފަށައިފަ އެވެ.

Share this article: Facebook Twitter WhatsApp
Related Articles