Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓު އެއްވެސް ބަދަލެއް ނުގެނެސް ކޮމިޓީން ފާސްކޮށްފި.

އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓު އެއްވެސް ބަދަލެއް ނުގެނެސް ކޮމިޓީން ފާސްކޮށްފި.
photo:Mihaaru
ތަފްޞީލް

މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މިގޮތަށް ފާސްކުރި ނަމަވެސް، ބަޖެޓަށް ރަސްމީކޮށް ޢަމަލުކުރަން ފަށާނީ މަޖިލީހުގެ ތަޅުމުން ބަޖެޓު ފާސްކުރުމުންނެވެ.


ކޮމިޓީ ބައްދަލުވުމުގައި، ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް ބަޖެޓު ފާސްކުރުމަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޒަމީރެވެ.


މެންބަރު ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ބަޖެޓަށް ބަދަލެއް ނުގެނެސް ފާސްކުރަން ނިންމީ ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ ޤާނޫނީ ޒިންމާ އަދާކުރުމަށް މާލީ ދަތިކަމެއް ކުރިމަތިވެއްޖެ ހާލަތެއްގައި، ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން އެ ޚަރަދުތައް ހަމަޖައްސައިދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ފިނޭންސް މިނިސްޓްރީން ދީފައިވާތީއެވެ.


އަންނަ އަހަރަށް ކަނޑައަޅާފައިވާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓަކީ، ހިނގަމުންދާ 2026 ވަނަ އަހަރުގެ ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ.


ޚަރަދުތަކާއި އާމްދަނީގެ މައިގަނޑު ތަފްޞީލުތައް:


  • ޖުމްލަ ޚަރަދު: އަންނަ އަހަރު ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 52.6 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން 71.5 އިންސައްތަ (42.7 ބިލިއަން ރުފިޔާ) ހިއްސާކުރަނީ ދައުލަތް ހިންގުމުގެ ނުވަތަ ރިކަރަންޓް ޚަރަދެވެ. އަދި ތަރައްޤީގެ މަޝްރޫޢުތަކަށް ހިނގާ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.8 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
  • ޖުމްލަ އާމްދަނީ: އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، މިއީ މި އަހަރަށްވުރެ 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މުޅި އާމްދަނީގެ ގާތްގަނޑަކަށް 77 އިންސައްތަ (33.6 ބިލިއަން ރުފިޔާ) ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ ޓެކްސްގެ ގޮތުގައެވެ.


2027 ވަނަ އަހަރުގެ ބަޖެޓުގެ މުހިންމު އަދަދުތައް:

  • ޖުމްލަ ބަޖެޓު: 59.7 ބިލިއަން ރުފިޔާ
  • ޖުމްލަ ޚަރަދު: 52.6 ބިލިއަން ރުފިޔާ
  • ޖުމްލަ އާމްދަނީ: 43.2 ބިލިއަން ރުފިޔާ
  • ރިކަރަންޓް ޚަރަދު: 42.7 ބިލިއަން ރުފިޔާ
  • ކެޕިޓަލް ޚަރަދު: 9.8 ބިލިއަން ރުފިޔާ
  • ޕީއެސްއައިޕީ މަޝްރޫޢުތައް: 8.2 ބިލިއަން ރުފިޔާ
  • ބަޖެޓު ޑެފިސިޓް: 9.4 ބިލިއަން ރުފިޔާ
  • ދައުލަތުގެ ޖުމްލަ ދަރަނި: 161.3 ބިލިއަން ރުފިޔާ
  • އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީޑީޕީ): 129.5 ބިލިއަން ރުފިޔާ


Topics:
Share this article: Facebook Twitter WhatsApp
Ad #9Find anything. Sell everything.Maldives' free marketplace: cars, phones, property, jobs
  • Post your ad free
  • Cars, phones & property
  • Jobs & services
  • Every island, every atoll
☎ 757 5609Post your ad free →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all