Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލު ގެޒެޓުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލު ގެޒެޓުކޮށްފި
Photo: President's Office
ތަފްޞީލް

ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އުސޫލު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން އެކުލަވާލައި މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.


މި އުސޫލުގައިވާ ގޮތުން، 2025 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުގައި މި ފައިސާ ހިމަނަންޖެހެއެވެ. މިގޮތުން އެހީގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ ހިލޭ އެހީއާއި، އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އައު ކަންކަމުން ލިބޭނެ ކަމަށް ލަފާކުރާ ފައިސާ އަދި ވަކި ކަމަކަށް ޚާއްޞަކޮށްފައިވާ ފައިސާ ނުހިމަނައި، ބަޖެޓުގެ އަންދާޒާކުރެވޭ އާމްދަނީގެ 0.1 އިންސައްތައެވެ. މި ފައިސާ ދޫކުރާނީ ޝަރުތު ހަމަވާ މީޑިއާތަކަށެވެ.


މާލީ އެހީއަށް ކުރިމަތިލުމުގެ މައިގަނޑު ޝަރުތުތައް:

  • ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން ލައިސަންސް ލިބިފައިވާ ނުވަތަ މީޑިއާ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން ދަފުތަރުކޮށްފައިވާ އަމިއްލަ މީޑިއާއަކަށް ވުން.
  • ދަފުތަރުވި ތާރީޚުން ފެށިގެން މެދުނުކެނޑި މަދުވެގެން އެއް އަހަރު ދުވަހު ޚިދުމަތް ދީފައިވުން.
  • ޓެކްސް ކްލިއަރެންސް ރިޕޯޓާއި ޕެންޝަން ކޮމްޕްލައިންޓް ސެޓުފިކެޓު ހުށަހެޅުން.
  • މުވައްޒަފުންގެ މުސާރަ ބޭންކު މެދުވެރިކޮށް ޖަމާކުރާ ކަމުގެ ހެކި ހުށަހެޅުން.
  • މީޑިއާ ކޯޑް އޮފް އެތިކްސް އާންމުކޮށްފައިވުން.


އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއް ކުންފުންޏަކުން ނުވަތަ މެޖޯރިޓީ ހިއްސާ އެއް ބައެއްގެ އަތުގައި އޮންނަ ކުންފުނިތަކުން ގިނަ މީޑިއާތަކެއް ހިންގި ނަމަވެސް، މި ގްރާންޓަށް އެދި ހުށަހެޅޭނީ އޭގެ ތެރެއިން އެންމެ މީޑިއާއަކަށެވެ. އަދި ކޮންމެ މީޑިއާއަކަށް ހުށަހެޅޭނީ އެންމެ އެޕްލިކޭޝަނެއް ކަމަށާއި، ގިނަވެގެން ދެ މީޑިއަމް އިޚުތިޔާރުކުރެވޭއިރު އެއް ވައްތަރެއްގެ ދެ މީޑިއަމް ހިމެނުމަކީ ހުއްދަ ކަމެއް ނޫނެވެ.


މާކުސް ދިނުމާއި އިއުލާނުކުރުމުގެ މަރުހަލާ: އެހީ ލިބޭ މީޑިއާތައް ކަނޑައެޅުމުގައި މާކުސް ދިނުމަށް ހަމަޖެހިފައިވަނީ މީޑިއާ ހިންގި މުއްދަތާއި، މުވައްޒަފުންގެ އަދަދާއި ތަޢުލީމާއި ތަޖުރިބާގެ އިތުރުން ބިޒްނަސް ޕްލޭނާއި ކޮންޓެންޓުގެ ބާވަތަށް ރިއާޔަތްކޮށެވެ. އެޕްލިކޭޝަން ހުށަހެޅުމާއެކު ވަގުތީ މާކުސް ޕޯޓަލުން ފެންނާނެ އިންތިޒާމު ހަމަޖައްސައި، ހުށަހަޅާފައިވާ ލިޔެކިޔުންތައް ކަށަވަރުކުރުމަށްފަހު ރަސްމީ ބަންދު ނޫން 10 ދުވަހުގެ ތެރޭގައި ދާއިމީ މާކުސް އާންމުކުރުމަށް މި އުސޫލުގައި ލާޒިމުކޮށްފައިވެއެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9Find anything. Sell everything.Maldives' free marketplace: cars, phones, property, jobs
  • Post your ad free
  • Cars, phones & property
  • Jobs & services
  • Every island, every atoll
☎ 757 5609Post your ad free →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all