އައްޑު އަތޮޅުގެ ރަށްތަކަށް ކަރަންޓް ދިނުމަށް 2 ވަނަ ފަހަރަށް ސްޓެލްކޯއިން ހަވާލުވެއްޖެ
އައްޑު އަތޮޅުގެ ރަށްތަކަށް ކަރަންޓް ދިނުމަށް ސްޓެލްކޯއިން 2 ވަނަ ފަހަރަށް އައްޑުއަތޮޅުގައި އިންޖީނުގެ އާއި ހަވާލުވެއްޖެއެވެ.
އައްޑު އަތޮޅަށްވެސް ކަރަންޓް ދެމުދާ ކުންފުނި ފެނަކަ އުވާލުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ރަށްރަށުގައިވާ އިންޖީނުގެ ތަކާއި ސްޓެލްކޯއިން ހަވާލުވަމުން ދާ ދިއުމުގައި އައްޑުއަތޮޅުގެ އިންޖީނުގެއާއި ހަވާލުވެ ސްޓެލްކޯގެ ދިދަ އައްޑު އިންޖީނުގޭގައި ނަގާދީފައިވަނީ ސްޓެކްކޯގެ މެނޭޖިންގ ޑިރެކްޓަރ އަލީ އަޒުވަރުއެވެ.
ގްރޭޓަރ މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގެ އާބާދީ އެންމެ ބޮޑު ސަރަހައްދު ކަމުގައިވާ އައްޑު އަތޮޅަށް ކަރަންޓް ދިނުމަށް ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ސްޓެލްކޯގެ ދަށުން އައްޑުއަތޮޅަށް ކަރަންޓް ދެވެފެށުމުން އިތުބާރާއި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ކުރިއަށް އޮތްތާނގައި ދެވޭނެ ކަމަށް ސްޓެލްކޯގެ އެމްޑީ އަލީ އަޒުވާރު ވިދާޅުވިއެވެ.
ފެނަކަ އުވާލުމަށް ނިންމުމާއި ގުޅިގެން ފެނަކައިން ދެމުން ގެންދިޔަ ކަރަންޓްގެ ޚިދުމަތްތައް ސްޓެލްކޯއަށް ބަދަލުކުރުމާއި ފެނާ ނަރުދަމާގެ ޚިދުމަތް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީ އާއި މިހާރު ދަނީ ހަވާލު ކުރަމުންނެވެ.
