3 އަހަރުގެ ފުޓްބޯޅަ ކުޅަދާނަ ކުއްޖެއް މެޗުތަކުގައި މާ މޮޅަށް ކުޅޭތީ ފުލުހުންނަށް މައްސަލަ ހުށަހެޅުމުން އެމެރިކާގެ ކުރީގެ ތަރި އެޑީ ޖޯންސަން އެ ކުއްޖާއަށް އެހީތެރިވާން ނިންމައިފި!
ފްލޮރިޑާގެ ވިންޓަރ ޕާކްގައި އޮތް ކުޑަކުދިންގެ ފުޓްބޯޅަ މެޗެއްގެ ތެރެއިން އުމުރުން އެންމެ 3 އަހަރުގެ ނެވާޑާ (Nevada) ކިޔާ ކުއްޖަކު މެޗުތަކުގައި މާ މޮޅަށް ކުޅެ، ބޯޅަ ހިފަހައްޓައިގެން ގިނައިރު ކުޅޭކަމަށް ބުނެ އެހެން ކުދިންގެ ބެލެނިވެރިންނާއި ލީގުގެ އޮފިޝަލުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ހިނގި ހަމަނުޖެހުމެއްގައި ފުލުހުންނަށް ގުޅި މައްސަލައެއް ވަނީ ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ހޯދާފައެވެ.
މައްސަލަ ހިނގަން މެދުވެރިވި ސަބަބު: ނެވާޑާ އަކީ އުމުރުން އެންމެ 3 އަހަރުގެ ކުއްޖެއް ނަމަވެސް، އޭނާ ކުޅެމުންދިޔައީ އުމުރުން 5 އަހަރުގެ ކުދިންގެ ޓީމުތަކާ ދެކޮޅަށެވެ. ނެވާޑާގެ މައިންބަފައިން ބުނާ ގޮތުގައި މެޗުތަކުގައި އޭނާގެ ހުނަރު މާ މޮޅުވުމުންނާއި، ގިނަ ގޯލުތަކެއް ޖަހައި ބޯޅަ އެހެން ކުދިންނަށް ނުދީ ކުޅޭތީ އެހެން ކުދިންގެ ބެލެނިވެރިން ވަނީ ކުޅޭނެ ފުރުސަތު އެހެން ކުދިންނަށް ނުލިބޭ ކަމަށް ބުނެ ޝަކުވާކޮށްފައެވެ. މިއާއެކު މައިންބަފައިންނާއި ލީގުގެ އޮފިޝަލުންނާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވި، ލީގުގެ އޮފިޝަލުން ވަނީ މަސްލަހަތު ނަގާލާ ކަމަށް ބުނެ ފުލުހުންނަށް ގުޅާފައެވެ. ނަމަވެސް، ސީންއަށް އައި ފުލުހުން ވަނީ މިއީ މަދަނީ (civil) މައްސަލައެއް ކަމަށް ނިންމައި، އެއްވެސް މީހަކު ހައްޔަރުނުކޮށް އެތަނުން ގޮސްފައެވެ.
Winter Park, Florida police were called by parents to escort this 3-year-old boy at a youth soccer game for not passing the ball. https://t.co/YfYDOzT2uk
— Daily Loud (@DailyLoud) October 25, 2026
ކުއްޖާއަށް ކުރި އަސަރާއި އާންމުންގެ ތާއީދު: މި ހާދިސާއަށްފަހު ނެވާޑާގެ މަންމަ ބުނެފައިވަނީ، ފުލުހުން އައުމުގެ ސަބަބުން 3 އަހަރުގެ ކުޑަކުއްޖާ ވަރަށް ބޮޑަށް ބިރުގެން، އޭނާއަށް ކުރެވުނީ ނުބައި ކަމެއް ކަމަށް ހީކޮށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށެވެ.
މި ވީޑިއޯ ވައިރަލްވުމާ ގުޅިގެން ކުޑަކުދިންގެ މަޝްހޫރު ޔޫޓިއުބަރ "މިސް ރޭޗެލް" (Ms. Rachel) އަދި ގިނަ ބަޔަކު ވަނީ ނެވާޑާއަށް ތާއީދުކޮށް، ފުޓްބޯޅަ ދާއިރާގެ މަޝްހޫރު ފަރާތްތަކުން އެ ކުއްޖާއަށް އެހީތެރިވުމަށް ގޮވާލާފައެވެ.
The story about 3-year-old soccer prodigy who had the COPS called on him has gone VIRAL And now Bodycam footage has been released 👀 https://t.co/0WnMX6KjBD
— Daily Loud (@DailyLoud) October 27, 2026

އެޑީ ޖޯންސަންގެ އެހީތެރިކަން: މި ގޮވާލުމަށް އިޖާބަދީ، އެމެރިކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވާޑް އެޑީ ޖޯންސަން (Eddie Johnson) ވަނީ ނެވާޑާއަށް އެހީތެރިވާން ނިންމާފައެވެ. އޭނާ ބުނެފައިވަނީ ކުޑަކުދިންގެ ކުޅިވަރުގެ ތެރޭގައި މިފަދަ ކަންކަން ހިނގައިގެން ނުވާނެ ކަމަށާއި، އޯލަންޑޯގައި އޭނާ ހިންގާ އެކެޑަމީން ނެވާޑާއަށް ފުރުސަތު ދީ، އެ ކުއްޖާގެ ހުނަރު އިތުރަށް ތަރައްގީކުރުމަށް އަންނަ ޖެނުއަރީ މަހުން ދަސްކޮށްދޭން ފަށާނެ ކަމަށެވެ.
