Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

2035 ގައި މުސްލިމުންގެ އާބާދީ އިތުރުވާނެތީ، ގިނައިން ކުދިން ހޯދަން ވައިޓް ހައުސްގެ ކުރީގެ ޕްރެސް ސެކްރެޓަރީ ގޮވާލައިފި.

2035 ގައި މުސްލިމުންގެ އާބާދީ އިތުރުވާނެތީ، ގިނައިން ކުދިން ހޯދަން ވައިޓް ހައުސްގެ ކުރީގެ ޕްރެސް ސެކްރެޓަރީ ގޮވާލައިފި.
photo: Hali news
ތަފްޞީލް

ޕިއު ރިސާޗް ސެންޓަރާއި ޕޮލެންޑްގެ ސެންޓަ ފޯ އެޑްވާންސްޑް ސްޓަޑީޒް އޮފް ޕޮޕިއުލޭޝަން އެންޑް ރިލިޖަން (ކެސްޕާ) ގުޅިގެން ހެދި ދިރާސާއަކާ ހަވާލާދީ "ވޮޝިންޓަން ޕޯސްޓް" ގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގެ ސްކްރީންޝޮޓެއް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހިއްސާކުރައްވަމުން ލީވިޓް ވިދާޅުވީ، ކައިވެނިކޮށް، ގިނައިން ކުދިން ހޯދައި، ފައްޅީގައި އެ ކުދިން ތަރުބިއްޔަތުކޮށް، އެމެރިކާ ދެކެ ލޯބިވާން ދަސްކޮށްދޭން ޖެހޭ ކަމަށެވެ.


ދިރާސާގެ މުހިންމު ހޯދުންތައް:

  • އާބާދީގެ އަންދާޒާ: 2035 ވަނަ އަހަރާ ހަމައަށް ދާއިރު ދުނިޔޭގެ އެންމެ އާބާދީ ބޮޑު ދީނަކަށް އިސްލާމްދީން ވާނެ ކަމަށާއި، މުސްލިމުންގެ އާބާދީ 2.57 ބިލިއަނަށް އަރާއިރު ކްރިސްޓިއަނުންގެ އާބާދީ ހުންނާނީ 2.52 ބިލިއަނުގައި ކަމަށް ލަފާކޮށްފައިވެއެވެ.


  • މައިގަނޑު ސަބަބު: ގަރުނުތަކެއް ވަންދެން އެންމެ ބޮޑު ދީނުގެ ގޮތުގައި އޮތް ކްރިސްޓިއަން ދީން ފަހަތަށް ޖައްސާލުމަށް ފަހު އިސްލާމްދީނުގެ އާބާދީ ހަލުވިމިނުގައި އިތުރުވަމުން ދަނީ ދީން ބަދަލުކުރާ މީހުން ގިނަވެގެން ނޫން ކަމަށާއި، އޭގެ މައިގަނޑު ސަބަބަކީ މުސްލިމުންގެ މެދުގައި ޒުވާނުންގެ އާބާދީ ބޮޑުވުމާއި ދަރިމައިވާ ނިސްބަތް މަތިވުން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.


ސޯޝަލް މީޑިއާގެ ބަހުސް:

ލީވިޓްގެ މި ގޮވާލުމާއެކު ސޯޝަލް މީޑިއާގައި ވަނީ ބޮޑެތި ބަހުސްތަކެއް އުފެދިފައެވެ. އެއްބަޔަކު ދީނާއި އާއިލީ ގުޅުންތައް ވަރުގަދަކުރުމަށް ބާރުއަޅައި އޭނާއަށް ތާއީދުކުރި ނަމަވެސް، ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. ފާޑުކީ ފަރާތްތަކުން ބުނާ ގޮތުގައި ގިނައިން ކުދިން ހޯދުމަށް ގޮވާލާއިރު، ކުދިން ބެލުމަށާއި ސިއްހީ ހިދުމަތްތަކަށް ހިނގާ ބޮޑެތި ހަރަދުތަކާއި، ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ފަދަ އިގްތިސާދީ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސިޔާސަތުތަކަށް ބަދަލު ގެންނަން ޖެހެއެވެ.


އުމުރުން 29 އަހަރުގެ ލީވިޓް އާއި އޭނާގެ ފިރިމީހާ ނިކޮލަސް ރިކިއޯގެ ދެ ކުދިން ތިބެއެވެ. އެއީ 2024 ވަނަ އަހަރުގެ ޖުލައި މަހު ލިބުނު ފިރިހެން ދަރިފުޅު ނިކޯ އާއި މި އަހަރުގެ މެއި މަހު ލިބުނު އަންހެން ދަރިފުޅު ވިވިއާނާއެވެ. ދެވަނަ ދަރިފުޅު ލިބުމަށް ފަހު، އާއިލާ އާއި ކުދިންނަށް އިތުރު ވަގުތު ދިނުމަށްޓަކައި ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީގެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ މިދިޔަ އޯގަސްޓް މަހުއެވެ.






Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all