Latest News
އެންމެ ފަހުގެ ޚަބަރު
648 articles
ވޯލްނަޓް ބޭނުންކުރުމުން ހަނދާންގަދަވެ، ސިކުނޑީގެ މަސައްކަތްތައް އަވަސްވާކަން ސައިންސްގެ ދިރާސާތަކުން ދައްކައިފި
ކޮންމެ ދުވަހަކު ގަވާއިދުން ވޯލްނަޓް (Walnut) ކެއުމަކީ ސިކުނޑީގެ ހަނދާންގަދަކޮށްދީ، މައުލޫމާތު މާނަކުރުމާއި ނިންމުންތައް ނިންމުމުގެ ގާބިލުކަން އިތުރުކޮށްދޭ ކަމެއްކަން ސިއްހީ ދިރާސާތަކުން ކަށަވަރުވެއްޖެއެވެ.
އުޑުމަތިން ވެއްޓުނު މަހެއް ޖެހި ޓެސްލާ ކާރެއްގެ ބިއްލޫރިގަނޑު ތެޅިއްޖެ
އެމެރިކާގެ ނިއު ޖާސީގައި ގޭގެ ގޯތިތެރޭގައި ޕާކުކޮށްފައި އޮތް އިލެކްޓްރިކް "ޓެސްލާ" ކާރެއްގެ ބިއްލޫރިގަނޑަށް އުޑުމަތިން މަހެއް ވެއްޓި، ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ހާދިސާއެއް ހިނގައިފިއެވެ.
ލޮލުގެ ޚާއްސަ ދެ ޑޮކްޓަރުން އައިކެއަރ ހޮސްޕިޓަލްގައި ބަލިމީހުން ބަލަނީ
އިންޑިއާގެ މަޝްހޫރު "ޗައިތަންޔާ އައި ހޮސްޕިޓަލް" ގެ ލޮލުގެ ހާއްސަ ދެ ޑޮކްޓަރެއް، މިހިނގާ އޮކްޓޯބަރ މަހުގެ 11-15 އަށް އައިކެއަރ ހޮސްޕިޓަލުގައި ބަލިމީހުން ބެއްލެވުމަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ކުށުގެ ފައިދާއާއި މުދާ އޮޓޯމެޓިކުން ދައުލަތަށް ނެގޭނެ "އެސެޓް ރިކަވަރީ" ބިލު މަޖިލީހަށް ހުށަހަޅައިފި
ބޮޑެތި ކުށްތައް ކޮށްގެން ހޯދާ މުދަލާއި، ނާޖާއިޒު ފައިދާތައް ދައުލަތަށް ނެގުމުގެ އިޖުރާއަތްތައް އަވަސްކޮށް، އޮޓޯމެޓިކުން އެފަދަ މުދާ ނެގޭނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި "ކުށުގެ މުދާ ދައުލަތަށް ނެގުމުގެ ބިލު" ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އަމާން އުދަރެސް ފުލެޓަކުން މީހަކު ވެއްޓި މަރުވެއްޖެ
ހުޅުމާލެ ފޭސް ދޭއްގައި ހުންނަ އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ އެވެ. މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ މީހަކު ވެއްޓިފައި ވަނީ އަމާން އުދަރެސް 8 ވަނަ ޓަވަރުން ކަމަށެވެ. އިތުރު ތަފުސީލެއް ހާމައެއް ނުކުރެ އެވެ.
2030 ގެ ކުރިން ފެން މުޅިން ހުސްވެދާނެކަމުގެ އިންޒާރު: ކާބުލްގެ ރައްޔިތުން ފެނަށްޖެހި ބޮޑު ކާރިސާއެއްގައި؛
އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ބޫމީޔަތު ފެންފަށަލަ ހަލުވިކަމާއެކު ހުސްވަމުންދާތީ، ކުރިއަށް އޮތް 2030 ވަނަ އަހަރާ ހަމައަށްދާއިރު އެ ސިޓީއަކީ މުޅި ދުނިޔޭގައިވެސް ފެން މުޅިން ހުސްވާ ފުރަތަމަ ބޮޑު ވެރިރަށަށް ވެދާނެކަމުގެ އިންޒާރު ސައިންސްވެރިންނާއި ބައިނަލްއަގުވާމީ ޖަމްޢިއްޔާތަކުން ދީފިއެވެ.
ނައިޖީރިޔާގައި މިލިޓަރީ ATR-42 ބޯޓެއް ވެއްޓި 32 މީހުން މަރުވެއްޖެ: ގައުމީ ހިތާމައިގެ 3 ދުވަސް އިއުލާންކޮށްފި!
ނައިޖީރިޔާގެ ދެކުނުހުޅަނގު އޮންޑޯ ސްޓޭޓްގެ އިގްބޯކޯޑާ ނޭވަލް ބޭސް ކައިރިއަށް 32 މީހުންނާއެކު ދަތުރުކުރި އެގައުމުގެ އެއާފޯސްގެ ATR-42 މަރުކާގެ މިލިޓަރީ ބޯޓެއް ވެއްޓި، އޭގައި ތިބި އެންމެން މަރުވެއްޖެއެވެ. ބެނިން ސިޓީން ފުރައިގެން ލާގޯސްއަށް ދަތުރުކުރި (ކޯލް ސައިން NGR 931) މި ބޯޓުގެ ރޭޑިއޯ ގުޅުން ހެނދުނު 9:13 ހާއިރު ކެނޑުމާ ގުޅިގެން ހިންގި ކުއްލި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި، ބޯޓު ވެއްޓިފައިވަނީ ރެސްކިއު މަސައްކަތަށް އުދަގޫ ،ފެން ބޮޑުވެފައިވާ ސަރަހައްދަކަށް ކަން ސަރުކާރުން ވަނީ ބުނެފައެވެ. ނައިޖީރިޔާގެ އޭވިއޭޝަން މިނިސްޓަރު ފެސްޓަސް ކެޔާމޯ ސޯޝަލް މީޑިއާގައި ....
މިސްކިތުގައި ޖަމާއަތުގައި ނަމާދު ނުކުރާ ސަރުކާރު މުވައްޒަފުންގެ މުސާރައިން އުނިކުރަން ނިންމައިފި
އަފްޣާނިސްތާނުގެ ސަރުކާރުގެ މުވައްޒަފުން ދުވާލަކު ފަސް ވަގުތު މިސްކިތުގައި ޖަމާޢަތުގައި ނަމާދުކުރުމަށް އެ ގައުމުގެ ވެރިކަން ކުރާ ތާލިބާން ސަރުކާރުން އަމުރުކޮށްފިއެވެ.
ޖަޕާނުގެ ގްރޭޑް 1 ގެ ކުދިން ތަޢުލީމީ މާއްދާތަކާ އެކު އަޚްލާޤާއި ޒިންމާދާރުކަން ދަސްކުރަނީ
ޖަޕާނުގެ ސްކޫލްތަކުގައި ގްރޭޑް 1 ގެ ދަރިވަރުން ކިޔެވުން ފަށާއިރު، ލިޔަންކިޔުމާއި ހިސާބު ފަދަ ތަޢުލީމީ މާއްދާތަކުގެ އިތުރުން އަޚްލާޤީ ތަޢުލީމާއި ޒިންމާދާރުވުން އަދި ގުޅިގެން މަސައްކަތްކުރުން އެކުދިންގެ ސްކޫލް ދުވަހުގެ މުހިންމު ބައެއްގެ ގޮތުގައި ކުރިއަށްގެންދެއެވެ.
ރިކަވަރީ ކޮމިސަނެއް ހެދިނަމަވެސް ރައްޔިތުންނަށް ވީ ފައިދާއެއް ނެތް: މައުރޫފު
ނުހައްގުން މުއްސަނދިކަމާއި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އެސެޓް ރިކަވަރީ ކޮމިޝަނެއް އުފެއްދި ނަމަވެސް، އޭގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ވެފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) މިއަދު ވިދާޅުވެއްޖެއެވެ.
ނޭޕާލުގައި ފެންބޮޑުވެ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ނިންމާލައި، ސަމާލުކަން ފެންހިނދުމަށާއި އަލުން އާރާސްތުކުރުމަށް ބަދަލުކޮށްފި
ބޮޓޭ ކޯޝީ އާއި ތްރިޝޫލީގައި ހިނގި ނުރައްކާތެރި ކުއްލި ފެންބޮޑުވުމާ ގުޅިގެން ހިންގި އެމެޖެންސީ މަސައްކަތްތައް މިހާރު ވަނީ ރަސްމީކޮށް ނިންމާލާފައެވެ.
ސުޢޫދީ އަރަބިއްޔާއަށް ސިފައިން ފޮނުވަން ތުރުކީއާއި ޕާކިސްތާނުން ނިންމައިފި - މައްކާ ދިފާޢީ އިއްތިޙާދު ޢަމަލީ މައިދާނަށް
2026 އޮކްޓޫބަރު 5 ވީ ދުވަހު، ތުރުކީ، ޕާކިސްތާން އަދި ސުޢޫދީ އަރަބިއްޔާއިން "މައްކާ ދިފާޢީ އިއްތިޙާދު" ގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށައި، ސުޢޫދީ އަރަބިއްޔާއަށް އަވަސް މުއްދަތެއްގެ ތެރޭގައި ސިފައިން ފޮނުވުމަށް ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ރިޔާޟުގައި ބޭއްވުނު ކުއްލި ބައްދަލުވުމެއްގައެވެ.