News Featured

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި

Advertisement
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
ތަފްޞީލް

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބާއްވާ ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފިއެވެ. މިއަދު ހެނދުނު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މަހާސިންތާ އިފްތިތާޙްކޮށްދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.


މިއީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ޒުވާން ޚަޠީބުންގެ ބައިވެރިވުމާއެކު ބާއްވާ ޚާއްސަ މަހާސިންތާއެކެވެ.


އިސްލާމީ އައު ޤަރުނަކާ ބައްދަލުވާހިނދު ދީނާ ޤައުމިއްޔަތު ދިރުވައި ނަގަހައްޓަން ޒުވާނުންގެ ދައުރު ފުޅާކުރުމަކީ ބޭނުންތެރި ކަމެއްކަމުގައިވާތީ މިރޮނގުން ހިތްވަރު ދިނުމަށް ސަރުކާރުން އެންމެ މަތީ ލެވެލްގައި ދެމިތިބޭނެކަން ޒުވާން ޖީލަށް ކަށަވަރުކޮށްދިނުމަކީ މި މަހާސިންތާގެ މުހިއްމު މަޤުސަދެކެވެ. އަދި ޒުވާން ޚަޠީބުން މަޝްރޫއުގެ ބައިވެރިން އެއްތަންވެ، ތަޖުރިބާ އާއި ހުނަރު ބަދަލުކޮށް، ގުޅުން ބަދަހިކުރުމަށާއި، މުޖުތަމަޢުއަށް ޚިދުމަތްކުރުމުގައި މި މަޝްރޫއުގެ މުސްތަޤުބަލާމެދު މަޝްވަރާކުރާނެ ޤައުމީ މަންސައެއް ބޭއްވުމަކީ މި މަހާސިންތާގެ މަޤުސަދެކެވެ.


ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ 5 ބުރެއް ހިންގައި، މި ޕްރޮގްރާމުގެދަށުން 700 އަށްވުރެ ގިނަ ޒުވާނުން މިދާއިރާއަށް ނެރެވިފައި ވެއެވެ. މީގެ ސަބަބުން އަތޮޅުތެރޭގެ ރަށްރަށުގައި ހުކުރުދުވަހު ޚުޠުބާ ކިޔާނެ އިމާމުން ލިބުމުގައިހުރި ދަތިތަކަށް ނިމުމެއް ގެނެވިފައިވެއެވެ. އަދި ހަމަ އެފަދައިން ކީރިތި ޤުރްއާނުގެ ޢިލްމާ ހުނަރު ލިބިފައިވާ އަދި ދީނަށް ލޯބިކުރާ، ޝަރުޢީ ދާއިރާއިންނާއި ޢިލްމީ އެކި ދާއިރާތަކުން ކުރިއަށް ދިއުމަށް ބޭނުންވާ ޒުވާނުންނަށް ހެޔޮގޮތުގައި މުސްތަޤުބަލް ބިނާކުރުމަށް ކޮށައިދެވުނު މަގެއްކަމުގައި މި ޕްރޮގްރާމު ހިމެނިފައިވެއެވެ.


Topics:
Share this article: Facebook Twitter WhatsApp
Related Articles