ވިކްޓިމް ސަޕޯޓް އޮފިސަރުންނަށް އަމާޒުކޮށްގެން ރިފްރެސަރ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި
ވިކްޓިމް ސަޕޯޓް އޮފިސަރުންނަށް ރިފްރެޝަރ ވޯކްޝޮޕެއް ސޮސައިޓީ ފޮރ ހެލްތު އެޑިޔުކޭޝަން އާއި މޯލްޑިވްސް ޕޮލިސްސަރވިސް ގުޅިގެން ކުރިއަށް ގެންގޮސްފިއެވެ. މި ވޯކްޝޮޕަކީ ވިކްޓިމް ސަޕޯޓް އޮފިސަރުންގެ ގާބިލުކަން އިތުރުކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށް ޕޮލިސްސަރވިސް އިން ހާމަކޮށްފައި ވެއެވެ.
މި ވޯކްޝޮޕްގައި، ސެކްޝުއަލް އެންޑް ޖެންޑަރ ބޭސްޑް ވައިލެންސާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެފަދަ ކަންކަން ދެނެގަންނާނެ ގޮތާއި އެފަދަ ކަންކަން ދިމާވެފައިވާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވާކަމަށާއި، އޭގެ އިތުރުން، ސޭފްޓީ ޕްލޭން ހަދާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ޕޮލިސް ސަރިވިސް އިން ބުނެފައި ވެއެވެ.
މި މަހު 27ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި، މި ޚިދުމަތުގެ ވިކްޓިމް ސަޕޯޓްގެ މުވައްޒަފުންނާއި ފްރަންޓްލައިން އޮފިސަރުންނާއި އިންވެސްޓިގޭޝަން އޮފިސަރުން ހިމެނޭހެން ޖުމުލަ 27 މުވައްޒަފުން ބައިވެރިވިއެވެ.
މި ވޯކްޝޮޕްގައި މައުލޫމާތު ދެއްވީ ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަންގެ ފަރާތުން ޝިޔާމާ އަންވަރު، މަރިޔަމް ސަމާ، މަރިޔަމް ޙަސަން، ޒީނަތު ޝާކިރު އަދި ޑރ. ސާހިރާ ޙުސައިންއެވެ.

