Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Social Featured

ކެކްޓަސް ތާޒާމަލުގެ އައުޓްލެޓެއް ކުޅުދުއްފުށީ ސިޓީގައި ހުޅުވައިފި

ކެކްޓަސް ތާޒާމަލުގެ އައުޓްލެޓެއް ކުޅުދުއްފުށީ ސިޓީގައި ހުޅުވައިފި
ފޮޓޯ:ކުޅުދުއްފުށީ އޮންލައިން
ތަފްޞީލް

ދިވެހިރާއްޖޭގައި ތާޒާ މަލުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންއަންނަ އަދި އެންމެ ފުރަތަމަ މަލުގެ ވިޔަފާރި ފަށާފައިވާ "ކެކްޓަސް" ގެ އާ ފިހާރައެއް ކުޅުދުއްފުށި ސިޓީގައި ރަސްމީކޮށް ހުޅުވައިފި އެވެ.


ކުޅުދުއްފުށީ ބަންޑާރަމަގު، ސަތޭކަ ފިހާރަ ކައިރީގައި ހުޅުވި މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ، އެކަމަށްޓަކައި ރޭ އެ ފިހާރަ ކައިރީގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ފިހާރަ ހުޅުވައިދެއްވީ އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ އައިމިނަތު އިބްރާހީމެވެ.


ކުޅުދުއްފުށީގައި ރޭ ހުޅުވިގެންދިޔަ މި ފިހާރައަކީ ކެކްޓަސްގެ ހަތަރުވަނަ އައުޓްލެޓެވެ. މި ފިހާރަ ހުޅުވުމުގެ މައިގަނޑު މަގުސަދަކީ މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގެ ރައްޔިތުންނަށްވެސް ފަސޭހަކަމާއެކު ތާޒާ މަލުގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. 


އެގޮތުން، މި ފިހާރައިން ތަފާތު އެކި ވައްތަރުގެ ތާޒާ މާމެލާމެއްޔާއި، ސޮފްޓް ޓޯއީސްގެ އިތުރުން މީރު ޗޮކްލެޓާއި، އެކި މުނާސަބަތުތަކާ ގުޅޭ ތަފާތު ހަދިޔާތައް ލިބެން ހުންނާނެއެވެ.

މީގެއިތުރުން، ކުދި ހަފްލާތަކުން ފެށިގެން ބޮޑެތި އިވެންޓްތަކާ ހަމައަށް ބޭނުންވާ ތަފާތު ޑިޒައިންތަކުގެ މާބޮނޑި (ބޮކޭ) ތައްޔާރުކޮށްދިނުމުގެ ފުރިހަމަ ހިދުމަތްވެސް މި ފިހާރައިން ލިބިގެންދާނެ ކަމަށް ކެކްޓަސްއިން މައުލޫމާތު ދެއެވެ.


ކެކްޓަސް އަކީ 1985 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ރާއްޖޭގައި މަލުގެ ވިޔަފާރިކުރަމުން އަންނަ، އަދި އާންމު ރައްޔިތުންގެ މެދުގައި ބޮޑު މަގުބޫލުކަމަކާއި އިތުބާރެއް ހޯދާފައިވާ ވިޔަފާރިއެކެވެ. 


ފެރީތަކަށް ޑެލަވަރީކޮށްދިނުމުގެ ހިދުމަތްވެސް ލިބިގެންދާނެ ކަމަށެވެ. ކުޅުދުއްފުށީގެ އިތުރުން 'ކެކްޓަސް' ގެ އައުޓްލެޓްތައް ހުންނަނީ މާލެ، ހުޅުމާލެ، ފުވައްމުލަކުގައި އެވެ. އަންނަމަހު ކެކްޓަސްގެ އައުޓްލެޓެއް އައްޑޫގައި ހުޅުވާނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all